މާލެ: 31°C

އަނިޔާގެ ސަބަބުން ޑޭވިޑް ސިލްވާ ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

July 28, 2023
2 ފަހަރު ބަލާފައި
އަނިޔާގެ ސަބަބުން ޑޭވިޑް ސިލްވާ ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި
އަނިޔާގެ ސަބަބުން ޑޭވިޑް ސިލްވާ ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން ސްޕެއިންގެ ޑޭވިޑް ސިލްވާ، ޕްރޮފެޝަނަލްކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި އެވެ.

އުމުރުން 37 އަހަރުގެ ސިލްވާ، ބުނީ އޭނާގެ މުޅި ހަޔާތް މިހާތަނަށް އެކަމަކަށްޓަކައި، ހާއްސަކުރި "ފުޓްބޯޅަ ކުޅުން" ރަސްމީކޮށް ނިމުމަކަށް ގެންނަން ޖެހޭ ވަގުތު މިއީ ކަމަށެވެ.

ސިލްވާ ވަނީ ސްޕެއިންއާއެކު 2008 އާއި 2012 ގެ ޔޫރޯ އާއި 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފައެެވެ. އޭނާ ވަނީ ސްޕެއިން ގައުމީ ޓީމަށް 125 މެޗު ކުޅެދީފަ އެވެ. ސިލްވާ ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކުރީ އޭނާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން ކަކުލުގެ އޮޕަރޭޝަނެެއް ކުރަން ޖެހުމުންނެވެ،

ސިލްވާގެ ކެރިއަރުގެ އެންމެ ގިނަ ކަންކަން ހާސިލްކުރީ މެންޗެސްޓާ ސިޓީގަ އެވެ. ވެލެންސިއާ ދޫކޮށް 2010 ވަނަ އަހަރު ސިޓީ އަށް ބަދަލުވުމަށް ފަހު، ސިލްވާ ވަނީ އެ ޓީމާ އެކު އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ހަތަރު ފަހަރު ހޯދައިފަ އެވެ. ސިޓީ ދޫކޮށް މިދިޔަ ސީޒަންތަކުގައި އެނާ ހޭދަކުރީ ސްޕެއިނުގެ ރެއާލް ސޮސިއެޑާޑްގަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ