މާލެ: 31°C

ގުންޑޮގަން ބާސެލޯނާ އަށް ބަދަލުވާން ނިންމައިފި

June 22, 2023
2 ފަހަރު ބަލާފައި
ގުންޑޮގަން ބާސެލޯނާ އަށް ބަދަލުވާން ނިންމައިފި
ގުންޑޮގަން ބާސެލޯނާ އަށް ބަދަލުވާން ނިންމައިފި
މެންޗެސްޓާ ސިޓީގެ ކެޕްޓަން ގުންޑޮގަން ބާސެލޯނާއަށް ބަދަލުވާން ނިންމައިފިއެވެ. އޭނާ ބާސެލޯނާއަށް ބަދަލު ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ގުންޑޮގާން އަކީ ބާސާގެ ކޯޗް ޒަވީ އެންމެ ބޭނުންވާ އެއް ކުޅުންތެރިޔާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ގުންޑޮގަންއަކީ ނިމިދިޔަ ސީޒަނުގައި މެންޗެސްޓަ ސިޓީން ހޯދި ހުރިހާ ކާމިޔާބީއެއްގައި އެންމެ ބޮޑަށް ހިއްްސާވާ އެއް ކުޅުންތެރިޔާއެވެ. ސިޓީން ވަނީ މި ސީޒަންގައި ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ. އެފްއޭ ކަޕްގެ ފައިނަލްގައި އޭނާ ވަނީ ސިޓީ އަށް ދެ ގޯލް ޖަހައި ދީފައެވެ.
2016 ވަނަ އަހަރު މެންޗެސްޓާ ސިޓީއާގުޅުމަށް ފަހު އޭނާ ވަނީ ޖުމުލަ 188 މެޗު އެކުލަބަށް ކުޅެފައެވެ. ގުންޑޮގާން ފާހަގަވެފައިވަނީ މުހިންމު މެޗްތަކުގައި މުހިންމު ގޯލްޖަހާ ކުޅުންތެރިއެއްގެ ގޮތުގައެވެ. މިގޮތުން 2021 ވަނަ އަހަރުގެ ޕްރިމިއާ ލީގުގެ ފަހުމެޗްގައި ސިޓީއަަށް މޮޅުވުން މަޖުބޫރު މެޗްގެ ފަހު ވަގުުތުގައި 2 ގޯލްޖަހައި ޗެމްޕިއަންކަން ހޯދައިދިނެވެ. އުމުރުން 32 އަހަރުގެ ގުންޑޮގަން އަކީ 2011 ވަނަ އަހަރުން ފެށިގެން ޖަރުމަނުގެ ގައުމީ ޓީމަށްވެސް ކުޅެމުން އަންނަ ކުޅަދާނަ ކުޅުންތެރިއެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ