މާލެ: 31°C

ސާފް ޗެމްޕިއަންޝިޕް: ޗެތުރީގެ ހެޓްރިކާއި އެކު އިންޑިޔާއިން ޕާކިސްތާނު ބަލިކޮށްފި

June 22, 2023
2 ފަހަރު ބަލާފައި
ސާފް ޗެމްޕިއަންޝިޕް: ޗެތުރީގެ ހެޓްރިކާއި އެކު އިންޑިޔާއިން ޕާކިސްތާނު ބަލިކޮށްފި
ސާފް ޗެމްޕިއަންޝިޕް: ޗެތުރީގެ ހެޓްރިކާއި އެކު އިންޑިޔާއިން ޕާކިސްތާނު ބަލިކޮށްފި
އިންޑިޔާގެ ބެންގަލޫރުގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ދެވަނަ މެޗު އިންޑިއާއިން ކާމިޔާބުކޮށްފިއެވެ، އިންޑިއާއިން މި މެޗް ކާމިޔާބުކުރީ ވާދަވެރި ޕާކިސްތާނާ ބައްދަލުކޮށް 4-0 ލަނޑުންނެެވެ. މި މެޗްގެ ތަރިއަކީ އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީއެވެ. މި މެޗުގައި ޗެތްރީ ވަނީ ތިން ގޯލު ޖަހާ ހެޓްރިކް ހަދާފައެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުމާއި ގާތް ވެފައި ވަނިކޮށް އިންޑިޔާގެ ކޯޗަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ. އިންޑިޔާގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ބޭރަށް ދިޔަ ބޯޅަ އެއްލުމަށް ޕާކިސްތާނުގެ ކުޅުންތެރިޔާ ތައްޔާރުވި ވަގުތު އިންޑިޔާގެ ކޯޗު ވަނީ ބޯޅައިގައި އަތުން ޖަހާ ދުރަށް ފޮނުވާލާފައެވެ. އެއާއި އެކު ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައި ހަމަނުޖެހުމެއް ހިނގިއިރު، ޕާކިސްތާނާއި އިންޑިޔާގެ ކުޅުންތެރިއަކަށް ވަނީ ރީނދޫ ކާޑުވެސް ދައްކާފައެވެ. މާދަމާ މުބާރާތުގެ ގުރޫޕް ބީގެ މެޗުތަށް ކުރިއަށް ދާނެއެވެ. ފުރަތަމަ މެޗުގައި މާދަމާ ހަވީރު ލުބަނާން ނިކުންނާނީ ބަންގްލަދޭޝްއާއި ދެކޮޅަށެވެ. އަދި ރޭގަނޑު ދިވެހި ރާއްޖެއިން ނިކުންނާނީ ބޫޓާންއާއި ދެކޮޅަށެވެ. މި މުބާރާތުގެ އެންމެ ކާމިޔާބުޓީމަކީ އިންޑިއާއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ