މާލެ: 31°C

ޔޫއެފާ ނޭޝަންސް ލީގު: ސްޕެއިންނާ ކްރޮއޭޝިއާ ފައިނަލަށް!

June 16, 2023
2 ފަހަރު ބަލާފައި
ޔޫއެފާ ނޭޝަންސް ލީގު: ސްޕެއިންނާ ކްރޮއޭޝިއާ ފައިނަލަށް!
ޔޫއެފާ ނޭޝަންސް ލީގު: ސްޕެއިންނާ ކްރޮއޭޝިއާ ފައިނަލަށް!

ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލްގެ 2 ވަނަ ޖާގަ ސްޕެއިންއިން ހޯދައިފިއެވެ. ސްޕެއިން ފައިނަލްގައި ވާދަކުރާނީ ސެމީ ފައިނަލްގެ ފުރަތަމަ މެޗް ކާމިޔާބުކުރި ކްރޮއޭޝިއާއާއެވެ. ސެމީ ފައިނަލްގެ 2 ވަނަ މެޗް ސްޕެއިންއިން ކާމިޔާބުކުރީ 2-1 އިން އިޓަލީ ބަލިކޮށްގެންނެވެ.

މިމެޗު ފަށައިގެން ތިން ވަނަ މިނިޓްގައި ސްޕެއިނުން ލީޑުނެގި އެވެ. މި ލަނޑު ޖެހީ ޔެރެމީ ޕީނޯ އެވެ. މެޗުގެ 11 ވަަނަ މިނިޓްގައި އިޓަލީން އެއްވަރުކުރީ ޗީރޯ އިމޯބިލޭ ވައްދާލި ޕެނަލްޓިންނެވެ. ސްޕެއިން މޮޅުކޮށްދިން ލަނޑު 88 ވަަނަ މިނެޓްގައި ޖެހީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފޯވާޑް ހޮސޭލޫ އެވެ.

ކްރޮއޭޝިއާ ފައިނަލަށް ދަތުރުކުރީ ނެދަލެންޑްސް ބަލިކޮށްގެންނެވެ. މިޗްގެ 90 މިނެޓް ހަމަވިއިރު 2-2 ލަނޑުން 2 ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ 15 މިނެޓްގެ 2 ހާފު ކުޅެގެންނެވެ. މި މެޗް ކްރޮއޭޝިއާ ކާމިޔާބުކުރީ 2-4 ލަނޑުންނެވެ.

އެންމެ ފަހުން ކުޅުނު ނޭޝަންސް ލީގުގެ ފައިނަލުގައި ވެސް ސްޕެއިން ވާދަކުރި އެވެ. އެ ފަހަރު ސްޕެއިން ބަލިކޮށް ތަށި އުފުލާލީ ފްރާންސްއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ