މާލެ: 31°C

އަލިސްޓާ އަކީ ވަރަށް ތޫނުފިލި، ވަރަށް ހުނަރުވެރި ކުޅުންތެރިއެއް: ކްލޮޕް

June 10, 2023
2 ފަހަރު ބަލާފައި
އަލިސްޓާ އަކީ ވަރަށް ތޫނުފިލި، ވަރަށް ހުނަރުވެރި ކުޅުންތެރިއެއް: ކްލޮޕް
އަލިސްޓާ އަކީ ވަރަށް ތޫނުފިލި، ވަރަށް ހުނަރުވެރި ކުޅުންތެރިއެއް: ކްލޮޕް
އަލިސްޓާ އަކީ ވަރަށް ތޫނުފިލި، ވަރަށް ހުނަރުވެރި ކުޅުންތެރިއެއްކަމަށް ލިވަޕޫލްގެ ކޯޗް ކްލޮޕް ބުނެފިއެވެ.

މި ސީޒަންގައި ބްރައިޓަން އަށް މޮޅު ކުޅުމެއް ދައްކައި އަދި އާޖެންޓީނާއަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މިޑްފީލްޑަރު އަލެކްސިސް މެކް އަލިސްޓާ ލިވަޕޫލަށް ސޮއިކުރީ 45 މިލިޔަން ޑޮލަރަށެވެ.

ކުލޮލް ބުނީ ޓީމުގެ މެދުތެރެއަށް އޭނާ ގެންނަން ބޭނުންވާ ބަދަލުގައި އަލިސްޓާއަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށެވެ.

ލިވަޕޫލަށް މެކް އަލިސްޓާ ސޮއިކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

"ވަރަށް އުފާވެއްޖެ ލިވަޕޫލަށް ކުޅުމުގެ ފުރުސަތު ލިބުނީމަ. "އަހަރެން ބޭނުންވީ ޕްރީ ސީޒަންގެ ފުރަތަމަ ދުވަހު ވެސް މި ކްލަބުގެ ޓްރެއިނިން އަށް ނުކުންނަން. އެހެންވީމަ އަވަހަށް ޓްރާންސްފާ ނިމުނީމަ ހިތްހަމަޖެހޭ." މެކް އަލިސްޓާ ބުންޏެވެ.

ލިވަޕޫލްގައި މެކަލިސްޓާ ބޭނުންކުރާނީ 10 ނަމްބަރު ޖޯޒީ އެވެ.

މި ސީޒަންގައި ޕްރިމިއާ ލީގު ފަސް ވަނައިގައި ނިންމާލި ލިވަޕޫލް އިން ވަނީ މިހާތަނަށް 4 ކުޅުންތެރިން ދޫކޮށްލާފައެވެ. އެއީ ފަހުގެ ތާރީހުގައި އެޓީމުގެ ހުރިހާ ކާމިޔާބީތަކެއްގައި ހިއްސާވި ރޮބާޓޯ ފިރުމީނިއޯއާއި ޓީމުގެ ވައިސް ކެޕްޓަން ޖޭމްސް މިލްނާ އާއި ނަބީ ކެއިޓާ އަދި އެލެކްސް އޮކްސްލޭޑް ޗެމްބަލެއިންއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ