މާލެ: 31°C

ޖޫޑް ބެލިންގަމް ރެއާލް މެޑްރިޑަށް

June 7, 2023
2 ފަހަރު ބަލާފައި
ޖޫޑް ބެލިންގަމް ރެއާލް މެޑްރިޑަށް
ޖޫޑް ބެލިންގަމް ރެއާލް މެޑްރިޑަށް
ޖަރުމަނުގެ ބްރޫޝިޔާ ޑޯޓްމުންޑަށް ކުޅެމުން އަންނަ ޢިނގިރޭސި ޒުވާން މިޑްފީލްޑަރ ޖޫޑް ބެލިންގަމް ސްޕެއިންގެ އެންމެ ކާމިޔާބު އެއް ކުލަބް ކަމަށްވާ ޜިއާލް މެޑްރިޑަށް ބަދަލުވުމަށް އެއްބަސް ޥެއްޖެއެވެ. ނިމިގެންދިޔަ ސީޒަނުގައި ޑޯޓްމުންޑްގައި މޮޅުކުޅެއްދެއްކި ބެލިންގަމް އަށް ގިނަ ކުލަބު ތަކިގެ ލޯ އަމާޒުވީ ޑޯޓްމުންޑްގެ ޢިތުރުން އިނގިރޭސި ޣައުމީ ޓީމްގައިވެސް ދައްކަމުންދާ ހުނަރުންނެވެ. އުމުރުން އެންމެ 19 އަހަރުގެ ހުނަރުވެރި މިޑްފީލްޑަރ މެޑްރިޑަށް ބަދަލުވަނީ ސްކައި ސްޕޯޓްސް ޢިން ބުނާގޮތުން ނަމަ 88.5 މިލިއަން ޕައުންޑަށެވެ. ނަމަވެސް ބީބީސީ ގައި ރިޕޯޓް ކޮށްފައި ވާ ގޮތުން ނަމަ އެ އަގު 103 މިލިއަން ޔޫރޯ ޢަށް އަރައެވެ. ބެލިންގަމް މެޑްރިޑަށް ބަދަލުވާން ނިންމިއިރު އިނގިރޭސި ވިލާތުގެ ބޮޑެތި ކްލަބް ޓަކުންވެސް ޢޭނާ ހޯދަން މަސައްކަތް ކޮށްފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ