މާލެ: 31°C

ރޮނާލްޑޯ އާއި މެސީގެ ކުރިމަތިލުން ބަލަން 2 މިލިޔަން މީހުން ޓިކެޓް ހޯދަން އެދުނު!

January 19, 2023
2 ފަހަރު ބަލާފައި
ރޮނާލްޑޯ އާއި މެސީގެ ކުރިމަތިލުން ބަލަން 2 މިލިޔަން މީހުން ޓިކެޓް ހޯދަން އެދުނު!
ރޮނާލްޑޯ އާއި މެސީގެ ކުރިމަތިލުން ބަލަން 2 މިލިޔަން މީހުން ޓިކެޓް ހޯދަން އެދުނު!
ފްރާންސްގެ ޕީއެސްޖީއާއި ސައުދީ ލީގުގެ ކްލަބުތަކުން ހޮވާލެވޭ ކުޅުންތެރިން ކުޅޭ މެޗްގެ ޓިކެޓް ހޯދަން 2 މިލިޔަނަށްވުރެ ގިނަ މީހުން އެދުނު ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި މެޗްގައި ސައުދީންް ހޮވާލެވުނު ޓީމުގެ ކެޕްޓަންކަން ދާދި ފަހުން ސައުދީގެ އަލް ނަސްރަށް ބަދަލުވި ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތަށް ނިންމާފައިވަނީ ޕީއެސްޖީ ތަރި ލައިނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޒަމާންވީ ވާދަވެރިކަމެއް އޮތުމުން މެޗްގެ ފޯރި ގަދަކޮށް ޕްރޮމޯޓް ކުރުމުގެ ގޮތުންކަމަށް ބައިނަލް އަގުވާމީ މީޑިއާއިން ބުނެއެވެ. ނިމިގެންދިޔަ ވޯލްޑްކަޕަށްފަހު ރޮނާލްޑޯ ޔޫރަޕް ދޫކޮށް ސައުދީއަށް ބަދަލުވުމުން ދެން ރޮނާލްޑޯ އާއި މެސީގެ ކުރިމަތިލުމެއް ނުފެންނާނެތީ އެދެ ކުޅުންތެރިންގެ ފޭނުން މާޔޫސްވެފައިވާ ދަނޑިވަޅުގައި މިފަދަ މެޗެއް ސައުދީން އިންތިޒާމު ކުރުމުން މު ޅި ދުނިޔޭގެ ސަމާލުކަން އެ މެޗަށް މިހާރު ވަނީ ހުއްޓިފައެވެ. މިމެޗް އޮންނާނީ މިރޭ ރާއްޖޭ ގަޑިން ރޭގަނޑު 10 ޖަހާއިރު އެވެ. އަދި އެ މެޗް މީޑިއާނެޓް މެދުވެރިކޮށް ދިވެހިންނަށް ބަލާލެވޭނެއެވެ. ޕީއެސްޖީ އާއި އެކު ކުޅެ މި އެކުވެރިކަމުގެ މެޗްގައި ސައުދީ އިލަވަން ވާދަކުރިއަސް އެ ޓީމުގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ ސައުދީ ލީގުގެ އަލް ނަސްރާއި އަލް ހިލާލްގެ ކުޅުންތެރިންނެވެ. އެއީ ސައުދީ ލީގުގެ މިހާރު އެންމެ ވާދަވެރި ދެޓީމުވެސް މެއެވެ. އަލް ނަސްރަށް ކްރިސްޓިއާނޯ ރޮނާލްޑޯ ދުނިޔޭގެ އެންމެބޮޑު އާމްދަނީ ލިބޭ ކުޅުންތެރިޔާގެ ގޮތުގައި ގެންދިމުން އަލް ހިލާލުން މެސީ ގެންދިއުމަށް މި ސިޒަނަށްފަހު ހުށައަޅާނެކަމުގެ އަޑުތަށް ވަނީ ފެތުރިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ