ޖޭމްސްއަށް އަނިޔާވުމުން ޓްރެއިނަރު ރުޅިގަދަވެއްޖެ

ޖޭމްސްއަށް އަނިޔާވުމުން ޓްރެއިނަރު ރުޅިގަދަވެއްޖެ
ލިޔުން:
ޗެލްސީ ޑިފެންޑަރު ރީސް ޖޭމްސްއަށް ލިބުނު އިންޖެރީ އާއި ގުޅިގެން ޖޭމްސްގެ ޕާސަނަލް ޓްރެއިނަރ ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
ރީސް ޖޭމްސް އިންޖަރީ ވީ ވޯލްޑް ކަޕަށްފަހު ޕްރިމިއަރ ލީގުގައި ޗެލްސީ ކުޅުނު ފުރަތަމަ މެޗުގެ 53 ވަނަ މިނެޓުގައެވެ.
ބޯންމައުތް އާއި ބައްދަލުކުރި މިމެޗު ޗެލްސީ ކާމިޔާބުކުރީ 2 – 0 ނެވެ. މިމެޗުގައި ފެނުނު ދެ ލަނޑުވެސް ފެނުނީ ފުރަތަމަ ހާފްގައެވެ. މި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ކައި ހަވާޓްޒް އާއި މޭސަން މައުންޓެވެ.
މިމެޗުގައި ރީސް ޖޭމްސްއަށް ލިބުނު އިންޖަރީ އަކީ ނިމިގެންދިޔަ ވޯލްޑް ކަޕްގެ ކުރިން ކަކުލަށް ލިބުނު އަނިޔާކަމަށް މީޑިއާތަކުން ދަނީ ބުނަމުންނެވެ. ޗެލްސީ އިން ބުނީ ސީދާ އިންޖަރީގެ ބޮޑު ކުޑަ މިނެއް ބުނަން އަދި އަވަސް ކަމަށާއި އެކަމަށް ދެ ދުވަސް ވަރު ނަގާނެއެވެ.
ރީސް ޖޭމްސްގެ ޕާސަނަލް ޓްރެއިނަރ ޖޭމްސް ރަލްފް ސޯޝަލް މީޑިއާގައި ބުނީ އޭނާ ދެއްކަން ޖެހޭ ވަރަށް ބައިވަރު ވާހަކަ އެބަހުރި ކަމަށާއި އެހެންނަމަވެސް ޖެހޭނީ ދޫ ފިއްތާލައިގެން ހުންނަން ކަމަށެވެ.
އިނގިރޭސި ބައެއް މީޑިއާތަކުން ވަނީ ޗެލްސީއިން ރީސް ޖޭމްސްގެ މެޑިކަލް ކަންތައްތަކުގައި ފަރުވާކުޑަކޮށްފައިވާ ކަމަށް ބުނެފައެވެ.
ރީސް ޖޭމްސްއަށް ނިމިގެންދިޔަ ވޯލްޑް ކަޕްގައިވެސް ބައިވެރިނުވެވުނީ ކަކުލަށް ލިބުނު އަނިޔާ އާކާ ގުޅިގެންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
