މާލެ: 31°C

ބޭބެއާއެކު އީތަން އެމްބާއްޕޭވެސް ޕީ.އެސް.ޖީ ފުރަތަމަ ޓީމާއެކު

December 27, 2022
2 ފަހަރު ބަލާފައި
ބޭބެއާއެކު އީތަން އެމްބާއްޕޭވެސް ޕީ.އެސް.ޖީ ފުރަތަމަ ޓީމާއެކު
ބޭބެއާއެކު އީތަން އެމްބާއްޕޭވެސް ޕީ.އެސް.ޖީ ފުރަތަމަ ޓީމާއެކު
ކިލިއަން އާއި އެކު ކޮއްކޮ އީތަން އެމްބާއްޕޭ ޕެރިސް ސައިންޓް ޖާމަންގެ ފުރަތަމަ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ. ނިމިގެންދިޔަ ވޯލްޑް ކަޕްގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއާގެ މަގާމް ހޯދި ފްރާންސްގެ މަޝްހޫރު ތަރި ކިލިއަން އެމްބާއްޕޭ އާއެކު އޭނާގެ ކޮއްކޮ އީތަން އެމްބާއްޕޭ ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށީ ވޯލްޑް ކަޕަށް ކްލަބްގެ ގިނަ ކުޅުންތެރިންތަކެއް ދިއުމާ ގުޅިގެން ޔޫތް ޓީމުގެ ކުޅުންތެރިންނަށް ދިން ފުރުސަތުގެ ބޭނުންހިފައިގެންނެވެ. އުމުރުން އަދި އެންމެ 16 އަހަރުގެ އީތަން ވަނީ ޕީ.އެސް.ޖީ އާއެކު އެކުވެރިކަމުގެ ދެ މެޗެއްގައިވެސް ބައިވެރިވެފައެވެ. ވޯލްޑް ކަޕަށް ދިޔަ ހުރިހާ ކުޅުންތެރިން އަދި ޓީމާ ނުގުޅޭތީ އީތަން އަންނަނީ އަދިވެސް ފުރަތަމަ ޓީމާއެކު ފަރިތަކުރަމުންނެވެ. އެހެންނަމަވެސް ޕީ.އެސް.ޖީގެ ހުރިހާ ކުޅުންތެރިން ކްލަބާ އަލުން ގުޅުމުން އީތަން ޕީ.އެސް.ޖީގެ ޒުވާން ޓީމާ އަލުން ގުޅޭނެކަމަށް ފްރާންސް މީޑިއާތަކުން ބުނެވެ. ބޭބެ ކިލިއަން އެމްބާއްޕޭ އާއި ދަނޑުމަތީގައި ވަރަށް ތަފާތުކޮށް ފެންނަ އީތަން އެމްބާއްޕޭ އަކީ ވާތުފައިން ކުޅޭ ކުޅުންތެރިއެކެވެ. ކިލިއަން ފްރާންސް އާއި ޕީ.އެސް.ޖީ އެޓޭކުގައި މުހިއްމު ދައުރެއް އަދާކުރިނަމަވެސް އީތަން އެމްބާއްޕޭއަކީ މެދުތެރެއަށް ކުޅެމުންއަންނަ ކުޅުންތެރިއެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ