އާސެނަލްއަށް ލީގު ކާމިޔާބުކުރެވޭނެ - ޑެކްލަން ރައީސް

އާސެނަލްއަށް ލީގު ކާމިޔާބުކުރެވޭނެ - ޑެކްލަން ރައީސް
ލިޔުން:
އާސެނަލްއަކީ ތަފާތު މޮޅު ޓީމެއް ކަމަށާއި ޕްރިމިއަރ ލީގު ކާމިޔާބުކުރެވޭނެ ވަރުގެ ޓީމެއް ކަމަށް ވެސްޓް ހޭމްގެ ކެޕްޓަން ޑެކްލަން ރައިސް ބުނެފިއެވެ.
އިންގްލޭންޑް ޓީމުގެވެސް މުހިއްމު ދައުރެއް އަދާކުރާ ޒުވާންޑް މިޑްފިލްޑަރ ބުނީ އާސެނަލްއިން ވެސްޓް ހެމް ކުޅުންތެރިންނަށް ނޭވާލާނެ ވަގުތުކޮޅެއްވެސް ނުދޭ ކަމަށާއި މުޅި މެޗު ތަފާތުމޮޅަށް ކުޅުނު ކަމަށެވެ.
ވޯލްޑް ކަޕަށްފަހު އިނގިރޭސި ޕްރިމިއަރ ލީގުގެ ކުޅުން ފެށި އާސެނަލް އާއި ވެސްޓްހެމްގެ މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ވެސްޓްހެމްގެ ކެޕްޓަން ރައިސް ބުނީ އާސެނަލް އަކީ އެންމެ މޮޅު ކްލަބްތަކުގެ މެދުގައި ގުނަންޖެހޭ ކްލަބެއް ކަމަށާއި މޮޅު ކޯޗަކާއި ޒުވާން ވަރުގަދަ އެޓޭކެއްވެސް އޮތް ޓީމެއް ކަމަށެވެ.
ވެސްޓްހެމް އާއި އާސެނަލް ބައްދަލުކުރި މެޗު ނިމުނީ 3 – 1 އާސެނަލް މެޗު ކާމިޔާބުކޮށްގެންނެވެ. މިއީ ވޯލްޑް ކަޕްގައި އިންޖަރީވި އާސެނަލްގައި ބްރެޒިލް ފޯވާޑް ގެބްރިއަލް ޖެސުސް ނުލާ އާސެނަލްއިން ކުޅުނު ފުރަތަމަ މެޗެވެ. މިމެޗުގައި އާސެނަލްގައި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ޓީމުގެ ތިން ޒުވާން ފޯވާޑުންކަމުގައިވާ ބުކަޔޯ ސަކާ، ގެބްރިއަލް މާޓިނެލީ އަދި ޖެސުސްގެ ބަދަލުގައި ކުޅެން އެރި އެންކެޓިއާއެވެ.
މި ނަތީޖާ އާއެކު އާސެނަލް މިވަނީ އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ އެންމެ ކުރިން ހޯދާފައިވާ ލީޑް 7 ޕޮއިންޓަށް ފުޅާކޮށްފައެވެ. މިވަގުތު ލީގު ތާވަލްގައި ދެވަނާގައި އޮތީ ނިއުކާސްލްއެވެ. މެންޗެސްޓަރ ސިޓީ އޮތީ ލީގުގެ ތިން ވަނާގައިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
