ދެން ހޯދަންޖެހޭ އެއްޗެއް ނެތް އެކަމް ކުޅުން ހުއްޓައެއް ނުލާނަން - މެސީ

ދެން ހޯދަންޖެހޭ އެއްޗެއް ނެތް އެކަމް ކުޅުން ހުއްޓައެއް ނުލާނަން - މެސީ
ލިޔުން:
ފުޓްބޯޅައިގައި އިތުރަށް ހޯދަން ޖެހޭ އެއްޗެއް ނެތް ކަމަށް ފީފާ ވޯލްޑް ކަޕް ތަށި އުފުލާލި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފިއެވެ. މެސީ ބުނީ ވޯލްޑް ކަޕް ކާމިޔާބުކުރުމަކީ ކޮންމެ ކުޅުންތެރިއެއްވެސް ދެކޭނެ ހުވަފެނެއް ކަމަށާއި މިއީ އޭނާވެސް އެންމެ ބޮޑަށް ބޭނުންވެފައި ހުރި ތަށި ކަމަށެވެ. އަދި އާޖެންޓީނާ އާއެކު ކޮޕަ އެމެރިކާ އާއި ވޯލްޑް ކަޕް ކާމިޔާބުކުރެވުމަކީ ބޭނުންވި ހުރިހާ ކަމެއް ހާސިލްވުން ކަމަށެވެ.
އާޖެންޓީނާއަށް 172 މެޗު ކުޅެދިންއިރު މެސީ ވަނީ ޤައުމީ ޓީމަށް 98 ލަނޑު ޖަހާދީފައެވެ. 2006 އަހަރު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ކުޅުނު މެސީގެ ހުވަފެން ހަގީގަތަކް ވިނަމަވެސް އޭނާ ފުޓްބޯޅަ އާއި ދުރައްދާން ބޭނުން ނުވާކަމަށްވެސް ވަނީ ބުނެފައެވެ.
މެސީ ބުނީ ފުޓްބޯޅައަކީ އޭނާ އަބަދުވެސް ކުޅޭ ހިތުން ކުޅޭ ކުޅިވަރެއް ކަމަށާއި މިއީ ވަރަށް އުފަލާއެކު ކުރާކަމެއް ކަމަށެވެ. އަދި ޤައުމީ ޓީމަށް ހިދުމަތްކުރުން ހުއްޓާލަން ބޭނުން ނުވާކަމަށާއި އަދިވެސް އާޖެންޓީނާ އާއެކު ކުރިއަށްދާނެކަމަށެވެ.
އުމުރުން 35 އަހަރުގެ މެސީ ވަނީ މިއީ އޭނާގެ އެންމެ ފަހު ވޯލްޑް ކަޕް ކަމަށް މީގެ ކުރިން ބުނެފައެވެ. މިފަހަރުގެ ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި މެސީއަކީ އަދިވެސް އެންމެ މަތީ ފަންތީގައި ތަފާތު ދައްކާ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިއާއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
