މާލެ: 31°C

މޮރޯކޯގެ ހުވަފެނީ ދަތުރު ނިމުމަކަށްގެނަސް ފްރާންސް ފައިނަލަށް

December 15, 2022
2 ފަހަރު ބަލާފައި
މޮރޯކޯގެ ހުވަފެނީ ދަތުރު ނިމުމަކަށްގެނަސް ފްރާންސް ފައިނަލަށް
މޮރޯކޯގެ ހުވަފެނީ ދަތުރު ނިމުމަކަށްގެނަސް ފްރާންސް ފައިނަލަށް
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގެ ދެވަނަ މެޗުގައި މޮރޯކޯ ބަލިކޮށް މުބާރާތުގެ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަނުން ފްރާންސް ޖާގަ ހޯދައިފިއެވެ. ސެމީ ފައިނަލް މެޗު ފްރާންސް ކާމިޔާބުކުރީ 2 - 0 ނެވެ. މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ ހަތަރު ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ތެއޯ ހެނާންޑޭޒްއެވެ. ދެވަނަ ލަނޑު ދެވަނަ ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއާ ކޮލޯ މުއާނީއެވެ. މިއީ މުއާނީ ކުޅެން އެރިތާ 45 ސިކުންތުގެ ތެރޭގައި އޭނާގެ ފުރަތަމަ ޓަޗުން ކާމިޔާބުކުރި ލަނޑެކެވެ. މިމެޗުގައި ވޯލްޑް ކަޕްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމަށް ވާދަކުރަމުންދާ އެމްބާއްޕޭގެ އިތުރު ލަނޑެއް ނުފެނުނުނަމަވެސް ފްރާންސް އިން ޖެހި ދެ ލަނޑުގައިވެސް އެމްބާއްޕޭގެ ހިއްސާ ވަރަށް ބޮޑެވެ. ތަށި ދިފާއުކުރަން ނިކުތް ފްރާންސްއަށް ދެން ކުރިއަށް އޮތީ މެސީ އާއި އާޖެންޓީނާއެވެ. ފްރާންސް 2018 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދީވެސް އާޖެންޓީނާގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެހެންނަމަވެސް އެފަހަރުގެ މުބާރާތުގެ ފްރާންސް އާއި އާޖެންޓީނާ ބައްދަލުކުރީ މުބާރާތުގެ ގަދަ ސޯޅަ ބުރުގައެވެ. މިފަހަރުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ އާދިއްތަ ދުވަހުގެ ރޭ 8 ޖަހާއިރުއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ