މާލެ: 31°C

މެސީގެ ރެކޯޑާއެކު އާޖެންޓީނާ ފައިނަލަށް

December 14, 2022
2 ފަހަރު ބަލާފައި
މެސީގެ ރެކޯޑާއެކު އާޖެންޓީނާ ފައިނަލަށް
މެސީގެ ރެކޯޑާއެކު އާޖެންޓީނާ ފައިނަލަށް
އުމުރުން 35 އަހަރުގައިވެސް ތަފާތު ދައްކާ މިހާރު ކެރިއަރުގައި ނުލިބިއޮތް ހަމައެކަނި ތަށި ހޯދުމާ ފިޔަވަޅަކަށް ކައިރިއަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިއާ މެސީ ޖެހިލައިފިއެވެ. ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި އެންމެ ފަހުގެ ފައިނަލްގައި ކުޅުނު ކްރޮއޭޝިއާ ބަލިކޮށް އާޖެންޓީނާ މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ މެސީގެ ގޯލަކާއެކުއެވެ. މިމެޗު އާޖެންޓީނާ ކާމިޔާބުކުރީ ތިނެއް ސުމަކުންނެވެ. މިމެޗުގައި އާޖެންޓީނާގެ ޒުވާން ފޯވާޑް ހޫލިއަން އަލްވަރޭޒް ދެ ލަނޑު ޖެހި އިރު އަނެއް ލަނޑަކީ އަލްވަރޭޒް ހޯދައިދިން ޕެނަލްޓީއަކުން މެސީ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިމެޗުގައި ޖެހި ލަނޑާއެކު މެސީ ވަނީ ވޯލްޑް ކަޕްގެ ލަނޑު ޗާޓުގެވެސް އެއްވަނައަށް ޖެހިލާފައެވެ. އެއީ ފަސް ލަނޑު ހަމަކޮށްގެންނެވެ. އަދި މިއާއެކު މެސީ މިވަނީ މިމުބާރާތުގެ ގްރޫޕް ސްޓޭޖާގައި ގަދަ ސޯޅަ ބުރު، ކުއާޓަރ ފައިނަލް އަދި ސެމީ ފައިނަލްގައިވެސް ލަނޑުޖަހާފައެވެ. މިފަހަރުގެ މުބާރާތުގައި މެސީއަށް ލަނޑެއް ނުޖެހި ވަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޮލެންޑް ކޮޅަށް އެކަންޏެވެ. އެމެޗުގައިވެސް މެސީއަށް ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބުނެވެ. އެހެންނަމަވެސް އެމެޗުގައި ލިބުނު ޕެނަލްޓީ މެސީއަށް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. މިއާއެކު މެސީ މިވަނީ ވޯލްޑް ކަޕް ތާރީހުގައިވެސް އާޖެންޓީނާ ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއާގެ ޝަރަފުވެސް ހޯދާފައެވެ. ކުރިން މި ރިކޯޑު އޮތީ ކުރީގެ ފޯވާޑް ގެބްރިއަލް ބަޓިސްޓޫޓާ އަތުގައެވެ. މެސީ މިހާތަނަށް ޖުމަލް 11 ލަނޑު ވޯލްޑް ކަޕްގައި މިވަނީ ހަމަކޮށްފައެވެ. ވޯލްޑް ކަޕްގެ ފައިނަލްގައި މެސީ އާއި އާޖެންޓީނާ ނިކުންނާނީ ސެމީފައިނަލްގެ ދެވަނަ މެޗުގައި މޮރޯކޯ އާއި ފްރާންސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ