މާލެ: 31°C

ތަށި ދިފާއުކުރުމާއި 2 ފިޔަވަޅަށް ކައިރިއަށް ފްރާންސްއިން ޖެހިލައިފި

December 11, 2022
2 ފަހަރު ބަލާފައި
ތަށި ދިފާއުކުރުމާއި 2 ފިޔަވަޅަށް ކައިރިއަށް ފްރާންސްއިން ޖެހިލައިފި
ތަށި ދިފާއުކުރުމާއި 2 ފިޔަވަޅަށް ކައިރިއަށް ފްރާންސްއިން ޖެހިލައިފި
އެންމެ އަގުބޮޑު ޓީމުގެ ގޮތުގައި ވޯލްޑް ކަޕާ ކުރިމަތިލި އިންގްލޭންޑް ކަޓުވާލާ ފްރާންސް ތަށި ދިފާއުކުރުމާއި ގާތަށް ޖެހިލައިފިއެވެ. ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލްގެ ފަހު މެޗުގައި އިންގްލޭންޑާއި ފްރާންސް ބައްދަލުކުރި މެޗު ފްރާންސް ކާމިޔާބުކުރީ ދޭއް އެކަކުންނެވެ. މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީވެސް ފްރާންސްއެވެ. މި ލަނޑު މެޗުގެ ފުރަތަމަ ހާފްގައި ކާމިޔާބުކޮށްދިނީ ފްރާންސްގެ ޑިފެންސިވް މިޑްފިލްޑަރ އޫރީލިއަން ޗުއަމޭނީއެވެ. ފްރާންސް ލަނޑެއް ޖަހާފައިވަނިކޮށް ޗުއަމޭނީ އޭރިއާ ތެރެއިން ކުރި ފައުލަކުން މެޗުގެ ނަތީޖާ އިންގްލޭންޑަށް ހަމަ ހަމަކޮށްދިނީ ކެޕްޓަން ހެރީކޭން ފޮނުވާލި ޕެނަލްޓީއިންނެވެ. ފްރާންސް ދެވަނަ ފަހަރަށް ލީޑް ނެގީ ގްރީޒްމަން ނަގައިދިން ހުރަހަކުން ފްރާންސް ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު މިހާތަނަށް ޖަހާދީފައިވާ އޮލިވަރ ޖިރޫއެވެ. ފްރާންސް ދެވަނަ ފަހަރަށް ލީޑް ނެގިތާ މާގިނަ އިރުތަކެއް ނުވަނީސް އިންގްލޭންޑަށް މެޗުގެ ނަތީޖާ ހަމަ ހަމަކުރުމަށް ދެވަނަ ޕެނަލްޓީއެއްވެސް ލިބުނެވެ. އެހެންނަމަވެސް އިންގްލޭންޑަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީ އިންގްލޭންޑްގެ ތާރީހުގައިވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމް ހޯދަން ލިބުނު ރަނުގެ ފުރުސަތު ހެރީ ކޭން ނަގާލީ ޕެނަލްޓީ ގޯލްގެ މަތިން ފޮނުވާލައިގެންނެވެ. ފްރާންސް މި ހޯދި ކާމިޔާބީ އާއެކު އެޓީމް މިވަނީ މުބާރާތުގެ ގަދަ ހަތަރު ޓީމުގެ ތެރެއިން ޖާގަ ހޯދާ 60 އަހަރަށްފަހު މުބާރާތުގެ ތަށި ދިފާއުކުރާ ފުރަތަމަ ޓީމަށް ވުމުގެ ފުރުސަތު ފަހިކޮށްފައެވެ. ސެމީފައިނަލްގައި ފްރާންސް ނިކުންނާނީ ވަރުގަދަ ޕޯޗުގަލް އާއި ސްޕެއިން ކަޓުވާލާ މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދި މޮރޯކޯ އާއިދެކޮޅަށެވެ. އަނެއް ސެމީގައި އާޖެންޓީނާ ބައްދަލުކުރާނީ އެންމެ ފަހުގެ މުބާރާތުގެ ދެވަނަ ހޯދި ކްރޮއާ އާއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ