މާލެ: 31°C

ނޭމާ އާއި ބްރެޒިލް ކަޓުވާލާ ކްރޮއޭޝިއާ ގަދަ 4ގެ ޖާގައެއް ޔަގީންކޮށްފި

December 10, 2022
2 ފަހަރު ބަލާފައި
ނޭމާ އާއި ބްރެޒިލް ކަޓުވާލާ ކްރޮއޭޝިއާ ގަދަ 4ގެ ޖާގައެއް ޔަގީންކޮށްފި
ނޭމާ އާއި ބްރެޒިލް ކަޓުވާލާ ކްރޮއޭޝިއާ ގަދަ 4ގެ ޖާގައެއް ޔަގީންކޮށްފި
ޕެނަލްޓީގައި ވަރުގަދަ ބްރެޒިލް ކަޓުވާލުމަށްފަހު ކްރޮއޭޝިއާ ފީފާ ވޯލްޑް ކަޕްގެ ގަދަ ހަތަރު ޓީމުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ނުވަދިހަ މިނެޓު ހަމަވެގެން ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފް ނިމެންދަނިކޮށް ބްރެޒިލްގެ ތަރި ނޭމާ ކާމިޔާބުކޮށްދިން ލަނޑާއެކު މުބާރާތުގެ ސެމީފައިނަލާ ދިމާލަށް ދަނިކޮށް ބްރެޒިލް ހުއްޓުވީ އިތުރުވަގުތުގެ ދެވަނަ ހާފްގައި ކްރޮއޭޝިއާ ކާމިޔާބުކުރި ލަނޑުންނެވެ. އިތުރު ވަގުތުގެ ދެހާފް ނިމުނު އިރު އެކެއް އެކަކުން ދެޓީމް އެއްވަރުވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ކްރޮއޭޝިއާ ކުރި ހޯދީ އެޓީމުން ޖެހި ހަތަރު ޕެނަލްޓީވެސް ކާމިޔާބުކޮށް ބްރެޒިލް ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ނާކާމިޔާބުވުމުންނެވެ. ބްރެޒިލްގެ ފުރަތަމަ ޕެނަލްޓީ ހުއްޓުވީ މުބާރާތުގެ ދެވަނަ ބުރުގައިވެސް ޕެނަލްޓީއިން ޓީމު މޮޅުކޮށްދިން ކްރޮއޭޝިއާގެ ގޯލް ކީޕަރު ލިވަކޮވިޗްއެވެ. އެއީ ރެއާލް މެޑްރިޑްއަށް ކުޅޭ ޒުވާން ފޯވާޑް ރޮޑްރިގޯ ފުނުވާލި ޕެނަލްޓީއެވެ. ބްރެޒިލް މުބާރާތުން ކެޓީ އެޓީމުގެ ހަތަރު ވަނަ ޕެނަލްޓީ ތަޖްރިބާކާރު ފޯވާޑް މާކީންހޯއަށް ވައްދާނުލެވުމުންނެވެ. މިމެޗުގައި ބްރެޒިލް އަށް ލީޑް ނަގާދެން މެޗުގެ އިތުރު ވަގުތުގައި ނޭމާ ކާމިޔާބުކޮށްދިން ލަނޑާއެކު އޭނާ ވަނީ ބްރެޒިލްގެ ޤައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިދިން ވޯލްޑް ކަޕްގެ އެންމެ ކާމިޔާބުކުޅުންތެރިއާ ޕެލޭ އާއި އަރާ ހަމަކޮށްފައެވެ. ރޭގެ މޮޅަކީ ޖެހި ޖެހިން ދެ ވޯލްޑް ކަޕެއްގެ ޕެނަލްޓީ ޝޫޓް އަޓުން ކްރޮއޭޝިއާ ކުރި ހޯދި ހަތަރު ވަނަ ފަހަރެވެ. ދެހާސް އަށާރަ ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށްވެސް ކްރޮއޭޝިއާ ދަތުރުކުރީ ދެވަނަ ބުރާއި ކުއާޓަރ ފައިނަލް ޕެނަލްޓީއިން ކުރި ހޯދައިގެންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ