މާލެ: 31°C

ދުނިޔޭގެ ބޮޑީބިލްޑިން ފެޑެރޭޝަންގެ އޭޝިއާ ބައްރުގެ ނައިބްރައީސްގެ މަގާމަށް ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސް

December 8, 2022
2 ފަހަރު ބަލާފައި
ދުނިޔޭގެ ބޮޑީބިލްޑިން ފެޑެރޭޝަންގެ އޭޝިއާ ބައްރުގެ ނައިބްރައީސްގެ މަގާމަށް ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސް
ދުނިޔޭގެ ބޮޑީބިލްޑިން ފެޑެރޭޝަންގެ އޭޝިއާ ބައްރުގެ ނައިބްރައީސްގެ މަގާމަށް ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސް

ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ފެޑެރޭޝަން، ޑަބްލިއު.ބީ.ޕީ.އެފް ގެ ނައިބު ރައީސްގެ މަގާމަށް ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަން ގެ ރައީސް އިބްރާހިމް ހަމީދު ހޮވިފައިއެވެ.

ތައިލެންޑްގެ ފުކެޓްގައި ކުރިއަށްދާ ދުނިޔޭގެ ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގެ ތެެރެއިން ކުރިއަށްދިޔަ ދުނިޔޭގެ ބޮޑީބިލްޑިން އެންޑް ފިޒީކް ފެޑެރޭޝަންގެ އިންތިހާބުގައި ކޮންޓިނެންޓަަލް ވައިސް ޕްރެޒިޑެންޓުންގެ ތެރެއިން އޭޝިއާއަށް ކަނޑައަޅާ ނައިބް ރައީސްގެ މަގާމަށް އިއްބެ ހޮވުނީ މިމަގާމް ކުރިން ފުރަމުންދިޔަ އިރާންގެ އާމިރު ބަޔަތް އާއި ވާދަކޮށްގެންނެވެ.

މީގެ ކުޑަދުވަސްކޮޅެއް ކުރިން ރާއްޖޭގެ ބޭއްވުނު އިންޓަރނޭޝަނަލް ބޮޑީބިލްޑިންގ މުބާރާތުގެ ތެރެއިން ގިނަ ޤައުމު ތަކެއްގެ ތާއީދު އިއްބެއަށް ލިބުނުއިރު އިއްބެ އިންތިހާބު ކާމިޔާބުކުރީވެސް ތަފާތު ބޮޑުކޮށެވެ. އިއްބެ އަކީ މިމަގާމަށް ހޮވުމުގެ ކުރިންވެސް ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ފެޑެރޭޝަންގެ ޓެކްނިކަލް ކޮމިޓީގެ މެމްބަރުކަން ކުރައްވަމުންދާ ފަރާތެކެވެ. އަދި އޭޝިއަން ބޮޑީ ބިލްޑިންގ އެންޑް ފިޒީކް ފެޑެރޭޝަންގެ ނައިބް ރައީސްގެ މަގާމްވެސް އަދާކުރައްވާފައިވާ ފަރާތެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ