މާލެ: 31°C

ނޭމާގެ ލަނޑަކާއެކު ބްރެޒިލް ކުއާޓަރ ފައިނަލަށް

December 6, 2022
2 ފަހަރު ބަލާފައި
ނޭމާގެ ލަނޑަކާއެކު ބްރެޒިލް ކުއާޓަރ ފައިނަލަށް
ނޭމާގެ ލަނޑަކާއެކު ބްރެޒިލް ކުއާޓަރ ފައިނަލަށް
ފުރަތަމަ ހާފްގައި ބްރެޒިލް ޖެހި 4 ގޯލުން ކޮރެއާ ބަލިކޮށް ފީފާ ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލްގެ ޖާގަ ހޯދައިފިއެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އެންޖެރީވެ ކުޅުމާ ދުރަށްދިޔަ ނޭމާ އަލުން ފުރަތަމަ އެގާރައިގައި ހިމެނިގެން ބްރެޒިލް ކުޅުނު ފުރަތަމަ މެޗު ބްރެޒިލް ކާމިޔާބުކުރީ 4 – 1 ނެވެ. މިމެޗުގައި ބްރެޒިލްގެ ފުރަތަމަ ލަނޑު ވިނީޝަސް ޖޫނިއާ ކާމިޔާބުކޮށްދިންއިރު ދެވަނަ ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ މަޝްހޫރު ތަރި ނޭމާއެވެ. އަދި ތިން ވަނަ ލަނޑު ރިޗާލިސަން އަދި ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޕަކީތާއެވެ. މިމެޗުގައި ކޮރެއާ ރިޕަބްލިކް އިން ޖެހި ހަމަ އެކަނި ލަނޑު މެޗުގެ ދެވަނަ ހާފްގައި ކާމިޔާބުކޮށްދިނީ ސިއުންގ ހޮ ޕައިކްއެވެ. މިމެޗަށްފަހު ބްރެޒިލްގެ ކުޅުންތެރިން ވަނީ މިހާރު ބަލިހާލު ދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް ކުރީގެ ތަރި ޕެލޭގެ ހަނދާން އާކޮށްފައެވެ. މުބާރާތުގެ ކުއާޓަރ ފައިނަލްގައި ބްރެޒިލް ނިކުންނާނީ މިދިޔަ މުބާރާތުގެ ދެވަނަ ހޯދި ކްރޮއޭޝިއާ އާއި ދެކޮޅަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ