ޕެނަލްޓީގައި ޖަޕާން ބަލިކޮށް ކްރޮއޭޝިއާ ކުއާޓަރއަށް

ޕެނަލްޓީގައި ޖަޕާން ބަލިކޮށް ކްރޮއޭޝިއާ ކުއާޓަރއަށް
ލިޔުން:
ޕެނަލްޓީގައި ކުރި ހޯދައި ފީފާ ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލުން ކްރޮއޭޝިއާ ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޔޫރަޕްގެ ގަދަ ދެ ބާރުގެ ގޮތުގައި ފާހަގަކުރެވުނު ޖަރުމަނާއި ސްޕެއިން ބަލިކޮށް މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދި ޖަޕާން އާއި ބައްދަލުކުރި ދެވަނަ ބުރުގެ މެޗު ކްރޮއޭޝިއާ ކާމިޔާބުކުރީ ޕެނަލްޓީގައި 4 – 1 ކުރި ހޯދައިގެންނެވެ.
މިމެޗުގެ ފުރަހަމަ ވަގުތު ހަމަވިއުރު ދެ ޓީމްވެސް އޮތީ އެކެއް އެކަކުން އެއްވަރުވެފައެވެ. އަދި އިތުރު ވަގުތުގެ ދެ ހާފްގައިވެސް ތަފާތެއް ނުފެނުމުން ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި ކްރޮއޭޝިއާ ކުރި ހޯދީ އެޓީމްގެ ކީޕަރުގެ ތަފާތުންނެވެ.
ފީފާ ވޯލްޑް ކަޕްގައި މިފަހަރު ފެނުނު ފުރަތަމަ ޕެނަލްޓީ ޝޫޓް އައުޓްގައި ކްރޮއޭޝިއާގެ ގޯލް ކީޕަރު ލިވަކޮވިޗް ވަނީ ޖަޕާންގެ ތިން ޕެނަލްޓީ މަތަކޮށްފައެވެ.
މިއާ އެކު ކްރޮއޭޝިއާ މިވަނީ ފީފާ ވޯލްޑް ކަޕްގައި ޖެހިޖެހިގެން ޕެނަލްޓީއަށް ދިޔަ ތިން ފަހަރުވެސް ކުރި ހޯދާފައެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ޑެންމާކް އަތުންނާއި ކުއާޓަރ ފައިނަލްގައި ރަޝިއާ އަތުންވެސް ކްރޮއޭޝިއާ ކުރި ހޯދީ ޕެނަލްޓީ ޖަހައިގެންނެވެ.
އެފަހަރުގެ މުބާރާތް ކްރޮއޭޝިއާ ނިންމާލީ ފްރާންސް އަތުން ފައިނަލްގައި ބަލިވެ މުބާރާތުގެ ދެވަނަ ހޯދައިގެންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
