މާލެ: 31°C

ބައި ބިލިއަން ޔޫރޯގެ ކޮންޓްރެކްޓެއްގައި ސައުދީގެ އަލް ނަސްރަށް ކުޅެން ރޮނާލްޑޯ އެއްބަސްވެއްޖެ

December 5, 2022
2 ފަހަރު ބަލާފައި
ބައި ބިލިއަން ޔޫރޯގެ ކޮންޓްރެކްޓެއްގައި ސައުދީގެ އަލް ނަސްރަށް ކުޅެން ރޮނާލްޑޯ އެއްބަސްވެއްޖެ
ބައި ބިލިއަން ޔޫރޯގެ ކޮންޓްރެކްޓެއްގައި ސައުދީގެ އަލް ނަސްރަށް ކުޅެން ރޮނާލްޑޯ އެއްބަސްވެއްޖެ
އަހަރަކު 200 މިލިއަން ޔޫރޯއަށް ސައުދީ އަރަބިއްޔާގެ އަލް ނަސްރްއަށް ކުޅެން ޕޯޗުގަލްގެ މަޝްހޫރު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެއްބަސްވެއްޖެއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯ އަލް ނަސްރަށް ކުޅެން އެއްބަސްވެފައިވަނީ މިއަންނަ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން 2 އަހަރާއި ބައިގެ ކޮންޓްރެކްޓެއްގައެވެ. މުޅި ކޮންޓްރެކްޓްގެ އަގު ބައި ބިލިއަނަށް އަރާއިރު މިއީ ކުޅިވަރު އެތްލީޓަކަށް މީގެކުރިން ދީފައިވާ މުސާރަތަކާ އަޅާކިޔޭވަރަށްވުރެ ބޮޑު މުސާރައެކެވެ. މިހާރު ދުނިޔޭގައި ހުރި އެންމެ މުސާރަބޮޑު ދެ ކުޅުންތެރިންގެ ތެރޭގައި މެސީ އާއި ނޭމާ ހިމެނޭއިރު މި ދެ ކުޅުންތެރިންނަށް ޕީ.އެސް.ޖީ އިން ދެނީ އަހަރަށް 75 މިލިއަން ޔޫރޯ އާއި 70 މިލިއަން ޔޫރޯއެވެ. ރޮނާލްޑޯއަށް އަހަރަކަށް 200 މިލިއަން ޔޫރޯ ދޭން ސައުދީ އަރަބިއްޔާގެ އަލް ނަސްރުން އެއްބަސްވިއިރު އެކްލަބަކީ މިހާރުވެސް ޔޫރަޕްގެ ފުޓްބޯޅަގައި ފާގަކުރެވުނު ބައެއް ކުޅުންތެރިން ކުޅެމުންދާ ކްލަބެކެވެ. މިގޮތުން ކުރިން ނަޕޮލީއަށް ކުޅުނު ކޮލޮމްބިއާގެ ގޯލްކީޕަރު އޮސްޕިނާ އާއި ފްރާންސް ލީގުގައި ކުޅުނު ޑިފެންޑަރު އަލްވާރޯ ގޮންޒާލޭޒް ކުޅެމުންދަނީވެސް މި ކްލަބަށެވެ. އަލް ނަސްރްގެ ކޯޗަކަށް ހުރީ ކުރިން ޕްރިމިއަރ ލީގުގެ ކްލަބްތަކަށްވެސް ކޯޗުކޮށްދިން ފްރާންސްގެ ކޯޗު ރުޑި ގަރސިއާއެވެ. ވޯލްޑް ކަޕް ފެށެން 2 ދުވަހަށް ވެފައިވަނިކޮށް މެންޗެސްޓަރ ޔުނައިޓެޑް އާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލުމަށްފަހު ރޮނާލްޑޯ ވޯލްޑް ކަޕްގައި ކުޅެމުންދަނީ ކްލަބެއް ނެތިއެވެ. އަދި އަލް ނަސްރް އާއެކު ހެދި ކޮންޓްރެކްޓްގެ މުއްދަތު ހަމަވާއިރު ރޮނާލްޑޯގެ އުމުރުން 40 އަހަރު ވާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ