ޖިރޫ އާއި އެމްބާޕޭގެ ރެކޯޑްތަކަކާއެކު ފްރާންސް މުބާރާތުގެ ކުއާޓަރ ފައިނަލަށް

ޖިރޫ އާއި އެމްބާޕޭގެ ރެކޯޑްތަކަކާއެކު ފްރާންސް މުބާރާތުގެ ކުއާޓަރ ފައިނަލަށް
ލިޔުން:
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަނުން ފްރާންސް ޖާގަ ހޯދި އިރު ފްރާންސްއަށް އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިއާގެ މަގާމް އޮލިވަރ ޖިރޫ ހޯދައިފިއެވެ.
36 އަހަރުގެ ޖިރޫ މިވަނީ ފްރާންސްގެ ޤައުމީ ޓީމަށް ޖުމްލަ 52 ދެ ލަނޑުޖަހާފައެވެ. ކުރިން މި ރެކޯޑް އޮތީ 51 ލަނޑާއެކު ފްރާންސްގެ ކުރީގެ ފޯވާޑް ތިއެރީ އޮންރީ އަތުގައެވެ.
މުބާރާތުގެ ދެވަނަ ބުރުގައި ޕޮލެންޑް އަތުން ތިނެއް އެކަކުން ފްރާންސް މޮޅުވިއިރު ޖިރޫގެ އިތުރުން ފްރާންސްގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭއެވެ. މިމެޗުގައި އެމްބާޕޭ ޖެހި ދެ ލަނޑާއެކު އޭނާ ވެގެން ގޮސްފައިވަނީ އުމުރުން 24 އަހަރު ފުރުމުގެ ކުރިން ފީފާ ވޯލްޑް ކަޕެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާއަށެވެ.
މިފަހަރުގެ މުބާރާތުގެ އެމްބާޕޭ ޖުމްލަ 5 ލަނޑު ޖެހި އިރު ވޯލްޑް ކަޕްގެ ރަން ބޫޓު ރޭހުގެ އެންމެ ކުރީގައިވެސް މިވަގުތު އޮތީ އެމްބާޕޭއެވެ. އެމްބާޕޭ މިއާއެކު ކުޅުނު ދެ ވޯލްޑް ކަޕްގައި ޖުމްލަ 9 ލަނޑު މިވަނީ ހަމަކޮށްފައެވެ.
މީގެއިތުރުން ރޭގެ މެޗުގައި ފްރާންސްގެ ކެޕްޓަން ހޫގޯ ޔޮރިސް މިވަނީ މިހާތަނަށް ފްރާންސްއަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުރީގެ ޑިފެންޑަރު ލިލިއަމް ތުރާމްގެ ރެކޯޑާވެސް ހަމަކޮށްފައެވެ. ރޭގެ މެޗަކީ ޔޮރިސް ފަރާންސް ޓީމަށް ކުޅެދިން 142 ވަނަ މެޗެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
