މާލެ: 31°C

މެސީ 1000 ވަނަ މެޗުގައި ޖަހައިދިން ލަނޑުން އާޖެންޓީނާ ކުއާޓަރ ފައިނަލަށް

December 4, 2022
2 ފަހަރު ބަލާފައި
މެސީ 1000 ވަނަ މެޗުގައި ޖަހައިދިން ލަނޑުން އާޖެންޓީނާ ކުއާޓަރ ފައިނަލަށް
މެސީ 1000 ވަނަ މެޗުގައި ޖަހައިދިން ލަނޑުން އާޖެންޓީނާ ކުއާޓަރ ފައިނަލަށް
ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި އާޖެންޓީނާ އާއި އޮސްޓްރޭލިއާ ބައްދަލުކުރި މެޗު އާޖެންޓީނާ ކާމިޔާބުކުރީ ދޭއް އެކަކުންނެވެ. މިމެޗުގައި މެސީ ޖެހި ލަނޑާއެކު އޭނާ ވަނީ އާޖެންޓީނާގެ ކުރީގެ ތަރި ޑިއޭގޯ މަރަޑޯނާއަށްވުރެ ގިނަ ލަނޑު އާޖެންޓީނާއަށް ވޯލްޑް ކަޕްގައި ޖަހައިދީފައެވެ. އަދި މެސީ ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯވެސް މިލަނޑާއެކު ފަހަތައްޖައްސާލާފައެވެ. އޮސްޓްރޭލިއާކޮޅަށް ޖެހި މި ލަނޑަކީ ފަސް ވަނަ ވޯލްޑް ކަޕްގައި ކުޅެމުންދާ މެސީ މިހާތަނަށް ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖުން ބޭރުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. މިނަތީޖާ އާއެކު އޮސްޓްރޭލިއާ މުބާރާތުން ކަޓުވާލުމަށްފަހު ކުއާޓަރ ފައިނަލްގެ ޖާގައެއް އާޖެންޓީނާ ޔަގީންކުރި އިރު އެޓީމް ކުއާޓަރ ފައިނަލްގައި ބައްދަލުކުރާނީ ޔޫރަޕްގެ ނެދަލޭންޑްސް އާއެވެ. ނެދަލޭންޑްސް މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކުރީ ދެވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗުގައި އެމެރިކާގެ މައްޗަށް ތިނެއް އެކަކުން ކުރި ހޯދައިގެންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ