މާލެ: 31°C
އެކަމަރޫން އަތުން ބަލިވިނަމަވެސް ބްރެޒިލް އެއްވަނާގައި ދެވަނަ ބުރަށް

އެކަމަރޫން އަތުން ބަލިވިނަމަވެސް ބްރެޒިލް އެއްވަނާގައި ދެވަނަ ބުރަށް

3 ޑިސެންބަރު 2022
17 ފަހަރު ބަލާފައި
އެކަމަރޫން އަތުން ބަލިވިނަމަވެސް ބްރެޒިލް އެއްވަނާގައި ދެވަނަ ބުރަށް
ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޖީގެ ފަހު މެޗުގައި ކެމަރޫން އަތުން ބްރެޒިލް ބަލިވިނަމަވެސް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެވަނަ ބުރުން ބްރެޒިލް ޖާގަ ހޯދައިފިއެވެ. ބްރެޒިލް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދީ ގްރޫޕްގައި ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބުކޮށް ޖުމްލަ ހަ ޕޮއިންޓާއެކުއެވެ. ކެމަރޫން މި ހޯދި ތާރީހީ މޮޅާއެކު އެޓީމް ވެގެން ގޮސްފައިވަނީ ބްރެޒިލްގެ މައްޗަށް ވޯލްޑް ކަޕެއްގައި ކުރި ހޯދި އެފްރިކާގެ ފުރަތަމަ ޓީމަށެވެ. އަދި މިމެޗުގެ ގޯލްޖެހި ކެމަރޫންގެ ކެޕްޓަން ވިސެންޓް އަބޫބަކަރް އަކީ މި ވޯލްޑް ކަޕްގައި ބްރެޒިލް ކޮޅަށް ގޯލެއް ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިއާއެވެ. މިގްރޫޕްގެ ދެވަނައަށް ދިޔައީ ގްރޫޕްގެ ފަހު މެޗުގައި ސާބިއާ އަތުން މޮޅުވި ސްވިޓްޒަރލޭންޑްއެވެ. ގްރޫޕްގެ އެއްވަނަ ހޯދި ބްރެޒިލް ދެވަނަ ބުރުގައި ބައްދަލުކުރާނީ ދެކުނު ކޮރެއާ އާއެވެ. އަދި ދެވަނައަށް ދިޔަ ސްވިޓްޒަރލޭންޑް ނިކުންނާނީ ވަރުގަދަ ޕޯޗުގަލް އާއި ދެކޮޅަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ