މާލެ: 31°C

ޕޯޗުގަލް ބަލިކޮށް ކޮރެއާ ދެވަނަ ބުރަށް، އުރުގުއޭ އާއި ގާނާ ގްރޫޕް ސްޓޭޖުން ކަޓައިފި

December 3, 2022
2 ފަހަރު ބަލާފައި
ޕޯޗުގަލް ބަލިކޮށް ކޮރެއާ ދެވަނަ ބުރަށް، އުރުގުއޭ އާއި ގާނާ ގްރޫޕް ސްޓޭޖުން ކަޓައިފި
ޕޯޗުގަލް ބަލިކޮށް ކޮރެއާ ދެވަނަ ބުރަށް، އުރުގުއޭ އާއި ގާނާ ގްރޫޕް ސްޓޭޖުން ކަޓައިފި
ޕޯޗުގަލް ބަލިކޮށް ދެކުނު ކޮރެއާ މުބާރާތުގެ ދެވަނަ ބުރުން ޖާގަހޯދިއިރު އުރުގުއޭ އާއި ގާނާ މުބާރާތުން ކަޓައިފިއެވެ. ގްރޫޕްގެ އެޗްގެ އެންމެ ފަހު މެޗުތަކާ ކުރިމަތިލިއިރުވެސް ޕޯޗުގަލް ދެވަނަ ބުރުގެ ޖާގަ ޔަގީންކޮށްފައިވުމުން އެޓީމުން މިމެޗަށް ނެރުނު އެގާރައަށްވެސް ވަނީ ބޮޑު ބަދަލުތަކެއް ގެނަސްފައެވެ. މެޗަށް ނިކުތްއިރު ގްރޫޕްގެ ފުލުގައި އޮތް ކޮރެއާއަށް ދެވަނަ ބުރުގެ ފުރުސަތެއް ލިބެންއޮތީ ޕޯޗުގަލްގެ މައްޗަށް ކުރި ހޯދާ ދެން ގްރޫޕްގައި ކުޅޭ މެޗުގެ ނަތީޖާވެސް އެޓީމްކޮޅަށް އެނބުރިގެންނެވެ. މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ ޕޯޗުގަލްއިންނެވެ. މިލަނޑު މެޗުގެ ހަތަރު ވަނަ މިނެޓުގައި ކާމިޔާބުކުރީ ރިކާޑޯ ހޯޓާއެވެ. ފުރަތަމަ ހާފްގައި ކޮރެއާއަށް ނަތީޖާ ހަމަހަމަކޮށްދިނީ ކިމް ޔޮންގް ގުވާންއެވެ. ކޮރެއާއަށް މެޗުން ތިން ޕޮއިންޓް ހޯދައިދީ ދެވަނަ ބުރުން ޔާގަ ހޯދައިދިން ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ހުވާންގް ހީ ޗަންއެވެ. ކޮރެއާއަށް ދެވަނަ ބުރުން ޖާގަ ލިބުނީ މިމެޗުން މޮޅުވެ ޔުރުގުއޭ އާއި ގާނާ ބައްދަލުކުރި މެޗުން އުރުގޭ ދެ ގޯލަށްވުރެ ބޮޑު ތަފާތަކުން މޮޅު ނުވެވުމުން ޖެހި ގޯލުން އުރުގުއޭއަށްވުރެ ކުރި ހޯދައިގެންނެވެ. އުރުގުއޭ އާއި ގާނާ މެޗު ނިމުނީ ދޭއް ސުމަކުން އުރުގުއޭ މެޗު ކާމިޔާބުކޮށްގެންނެވެ. މިމެޗުގައި އުރުގުއޭއިން އިތުރު ގޯލެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރިއެވެ. މިގްރޫޕްގެ އެއްވަނަ ޕޯޗުގަލް ހޯދީ ފުރަތަމަ ދެ މެޗު ކާމިޔާބުކޮށް 6 ޕޮއިންޓާއެކުއެވެ. އަދި ދެވަނައަށް ދިޔަ ކޮރެއާއަށް ލިބުނީ 4 ޕޮއިންޓެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ