މާލެ: 31°C

ޖަރުމަން ކަޓުވާލާ ސްޕެއިންގެ މައްޗަށްވެސް ކުރި ހޯދާ ޖަޕާނުން 2 ޗެމްޕިއަނުން ބަލިކޮށް ގްރޫޕްގެ އެއްވަނަ ހޯދައިފި

December 2, 2022
2 ފަހަރު ބަލާފައި
ޖަރުމަން ކަޓުވާލާ ސްޕެއިންގެ މައްޗަށްވެސް ކުރި ހޯދާ ޖަޕާނުން 2 ޗެމްޕިއަނުން ބަލިކޮށް ގްރޫޕްގެ އެއްވަނަ ހޯދައިފި
ޖަރުމަން ކަޓުވާލާ ސްޕެއިންގެ މައްޗަށްވެސް ކުރި ހޯދާ ޖަޕާނުން 2 ޗެމްޕިއަނުން ބަލިކޮށް ގްރޫޕްގެ އެއްވަނަ ހޯދައިފި
ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އީގެ އެއްވަނަ ޖަޕާނުން ހޯދީ ޖަރުމަން އާއި ސްޕެއިން ބަލިކޮށް 6 ޕޮއިންޓް ހޯދައިގެންނެވެ. ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗުގައި ވަރުގަދަ ޖަރުމަން ބަލިކޮށް ތިން ޕޮއިންޓް ހޯދިއިރު ޖަޕާން ވަނީ ދެވަނަ މެޗުގައި ކޮސްޓަރިކާ އަތުން ބަލިވެފައެވެ. އެހެންނަމަވެސް ގްރޫޕްގެ ފަހު މެޗުގައި ސްޕެއިން އަތުން މޮޅުވެ ޖަޕާން އެއްވަނަށް އެރިއިރު މިނަތީޖާގެ ސަބަބުން ޖަރުމަން ވަނީ ގްރޫޕްގެ ތިން ވަނައަށް ވެއްޓި މުބާރާތުގެ ގްރޫޕް ސްޓޭޖުން މުބާރާތް އަނެއްކާވެސް ނިންމާލަން ޖެހިފައެވެ. ސްޕެއިން އާއި ޖަޕާން ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީވެސް ސްޕެއިންއެވެ. އެހެންނަމަވެސް ޖަޕާނުން ވަނީ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ގެނައި ބަދަކުތަކުގެ ބޭނުންހިފާ ގާތްގާތުގައި ދެލަނޑު ޖަހާ ސްޕެއިން ސިއްސުވާލާފައެވެ. ގްރޫޕްގެ ފަހު މެޗުތަކާ ކުރިމަތިިލިއިރު 4 ޓީމަށްވެސް ދެވަނަ ބުރުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. ޖަރުމަނަށް ދެވަނަ ބުރުގެ ފުރުސަތެއް ލިބެންއޮތީ އެޓީމް ކޮސްޓަރިކާ އާއި ބައްދަލުކުރި މެޗު ކާމިޔާބުކޮށް ސްޕެއިން އާއި ޖަޕާން ބައްދަލުކުރި މެޗުން ސްޕެއިން ބަލިނުވެ ހިފަހައްޓާލައިގެންނެވެ. މި ދެމެޗުގެ ފުރަތަމަ ހާފް ނިމުނުއިރު ޖަރުމަން ވެސް އަދި ސްޕެއިންވެސް އޮތީ އެކެއް ސުމަކުން ކުރީގައެވެ. އެހެންނަމަވެސް ދެވަނަ ހާފްގައި ޖަޕާން ފަހަތުން އަރާ ދެލަނޑު ޖެހިތާ ކުޑައިރުކޮށްޅެއްގެ ތެރޭގައި ކޮސްޓަރިކާއިންވެސް ވަނީ ޖަރުމަން ކޮޅަށް ދެ ލަނޑުޖަހާ މެޗުގެ ލީޑް ހޯދާފައެވެ. މިމެޗުން ޖަރުމަންގެ މައްޗަށް ކޮސްޓަރިކާއަށް ކުރި ހޯދައިގެން ޖަރުމަނާއި ސްޕެއިންވެސް ގްރޫޕުން ކަޓުވާލާ ކޮސްޓަރިކާ އަށްވެސް ދެވަނަ ބުރުގެ ޖާގަ ހޯދުމުގެ ފުރުސަތު އޮތެވެ. ސްޕެއިންއަށް ދެވަނަ ބުރުގެ ޖާގައެއް ޔަގީން ކުރެވުނީ ޖަރުމަން މެޗުގެ ފަހުކޮޅު ޖެހި ލަނޑުތަކާއެކު ކޮސްޓަރިކާގެ މައްޗަށް ކުރި ހޯދުމުންނެވެ. ކޮސްޓަރިކާ އާއި ޖަރުމަން ބައްދަލުކުރި މެޗު ޖަރުމަން ކާމިޔާބުކުރީ ހަތަރެއް ދޭކުންނެވެ. ދެވަނަ ބުރުގައި ޖަޕާން ބައްދަލުކުރާނީ ކްރޮއޭޝިއާ އާއި އަދި ސްޕެއިން ނިކުންނާނީ މޮރޯކޯއާއި ދެކޮޅަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ