މާލެ: 31°C

ވަރުގަދަ ބެލްޖިއަމް ކަޓުުވާލާ ކްރޮއޭޝިއާ އާއި މޮރޯކޯ ދެވަނަ ބުރަށް

December 2, 2022
2 ފަހަރު ބަލާފައި
ވަރުގަދަ ބެލްޖިއަމް ކަޓުުވާލާ ކްރޮއޭޝިއާ އާއި މޮރޯކޯ ދެވަނަ ބުރަށް
ވަރުގަދަ ބެލްޖިއަމް ކަޓުުވާލާ ކްރޮއޭޝިއާ އާއި މޮރޯކޯ ދެވަނަ ބުރަށް
ގްރޫޕް އެފްގެ އެއްވަނަ މޮރޯކޯ ހޯދިއިރު ވަރުގަދަ ބެލްޖިމް ގްރޫޕް ސްޓޭޖުން ކަޓައިފިއެވެ. ބެލްޖިއަމް ގްރޫޕް ސްޓޭޖުން ކެޓީ ރޭ ގްރޫޕްގެ ފަހު މެޗުގައި ކްރޮއޭޝިއާ އަތުން މޮޅުނުވެވުމުންނެވެ. ގްރޫޕްގެ ފަހު މެޗުތަކާ ކުރިމަތިލިއިރު ބެލްޖިއަމް އަށް ދެވަނަ ބުރުގެ ޖާގައެއް ހޯދުމުގެ ފުރުސަތު އޮތީ ކްރޮއޭޝިއާގެ މައްޗަށް ކުރި ހޯދައިގެން ނުވަތަ މޮރޯކޯގެ މައްޗަށް ކެނެޑާއިން ކުރި ހޯދައިގެންނެވެ. ކްރޮއޭޝިއާ އާއި ބެލްޖިއަމް ބައްދަލުކުރި މެޗު ގޯލެއް ނުޖެހި އެއްވަރުވި އިރު މޮރޯކޯ ވަނީ ކެނެޑާގެމައްޗަށް ކުރި ހޯދާ ހަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ހޯދާފައެވެ. ކްރޮއޭޝިއާ ދެވަނައަށް ދިޔައީ ކުޅުނު ތިން މެޗުން ފަސް ޕޮއިންޓް ހަމަކޮށްގެންނެވެ. ބެލްޖިއަމްއަށް 3 މެޗުން ލިބުނީ 4 ޕޮއިންޓެވެ. އަދި ކެނެޑާ މުބާރާތް ނިންމާލީ ކުޅުނު ތިން މެޗުންވެސް ބަލިވެ ޕޮއިންޓެއް ނުލިބިއެވެ. މުބާރާތުގެ ދެވަނަ ބުރުގައި ގްރޫޕް އެފްގެ އެއްވަނަ މޮރޯކޯ ނިކުންނާނީ ގްރޫޕް އީގެ ދެވަނަ ސްޕެއިން އާއި ދެކޮޅަށް އަދި ކްރޮއޭޝިއާ ދެވަނަ ބުރުގައި ކުޅެންޖެހޭނީ ގްރޫޕް އެފްގެ އެއްވަނަ ހޯދި ޖަޕާނާއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ