އާޖެންޓީނާއަށް އެއްވަނަ، ޕޮލެންޑް ބަލިވިނަމަވެސް ދެވަނަ ބުރަށް ދިޔައީ ފަހު މިނެޓްގައި ސައުދީން މެކްސިކޯ ކޮޅަށް ޖެހި ގޯލުން

އާޖެންޓީނާއަށް އެއްވަނަ، ޕޮލެންޑް ބަލިވިނަމަވެސް ދެވަނަ ބުރަށް ދިޔައީ ފަހު މިނެޓްގައި ސައުދީން މެކްސިކޯ ކޮޅަށް ޖެހި ގޯލުން
ލިޔުން:
ގްރޫޕްގެ ފަހު ދެ މެޗުވެސް ކާމިޔާބުކޮށް މެސީ އާއި އާޖެންޓީނާ ގްރޫޕްގެ އެއްވަނާގައި ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
ގްރޫޕް ސީގައި ކުޅުނު ފުރަތަމަ މެޗުން ސައުދީ އަތުން ބަލިވެ މުޅި ދުނިޔޭގެ ސަމާލުކަމަށް އައި އާޖެންޓީނާ ދެވަނަ ބުރުން ޖާގަހޯދީ ދެވަނަ މެޗުގައި މެކްސިކޯ އަދި ފަހު މެޗުގައި ރޭ ޕޮލެންޑްގެ މައްޗަށް ކާމިޔާބުހޯދައިގެންނެވެ.
ޕޮލެންޑާއި ބައްދަލުކުރި މެޗު އާޖެންޓީނާ ދޭއް ސުމަކުން ކާމިޔާބުކުރިއިރު މިމެޗުގައި އާޖެންޓީނާގެ ކެޕްޓަން މެސީއަށް ވޯލްޑް ކަޕްގައި އިތުރު ލަނޑެއް ޖަހަން ލިބުނު ރަނުގެ ފުރުސަތު ވަނީ ގެއްލުވާލާފައެވެ.
އެއީ މެޗުގެ ފުރަތަމަ ހާފްގައި ލިބުނު ޕެނަލްޓީ ޕޮލެންޑްގެ ގޯލްކީޕަރު ޝެޒްނީ މަތަކުރުމުންނެވެ. އަދި މިއާއެކު މެސީ ވެގެންގޮސްފައި މިވަނީ ވޯލްޑް ކަޕްގައި މިހާތަނަށް ދެ ފަހަރަށް ޕެނަލްޓީއެއް އިދިކޮޅު ކީޕަރު މަތަކޮށް 2 ޕެނަލްޓީ ކާމިޔާބުނުކުރެވުނު ފުރަތަމަ ކުޅުންތެރިއާއަށެވެ.
އެހެންނަމަވެސް މިމެޗުގައިވެސް މެސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އާޖެންޓީނާ މިމެޗުގައި ޖެހި ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅޭ ދެ ކުޅުންތެރިންނެވެ. އެއީ ބްރައިޓަންގެ މެކްއެލިސްޓަރ އާއި މެންޗެސްޓަރ ސިޓީގެ ހޫލިއަން އަލްވަރޭޒްއެވެ.
އާޖެންޓީނާ އަތުން ދޭއް ސުމަކުން ފަހު މެޗުން ބަލިވިނަމަވެސް ގްރޫޕްގެ ދެވަނަ ލިބުނީ ޕޮލެންޑަށެވެ. އެއީ ޕޮއިންޓްގެ ގޮތުން މެކްސިކޯ އާއި އެއްވަރުވެ ގޯލްގެ ތަފާތުން ކުރި ލިބުމުންނެވެ.
ސައުދީ އާއި ބައްދަލުކުރި ފަހު މެޗުގައި މެކްސިކޯ އިތުރު ވަގުތާ ހަމައަށް ދިޔަ އިރުވެސް ދިޔައީ ދޭއް ސުމަކުން ސައުދީގެ މައްޗަށް ކުރީހޯދަމުންނެވެ. އެހެންނަމަވެސް މެކްސިކޯއަށް ދެވަނަ ބުރު ޔަގީން ކުރުމަށްޓަކައި އިތުރު ގޯލެއް ޖަހަން ޖެހޭކަން އިނގުމުން ކުރިއަށް އަރައިގެން ކުޅެމުންދަނިކޮށް ސައުދީއިން ގޯލެއް ޖެހުމާއެކު ޕޮލެންޑަށް ގްރޫޕްގެ ދެވަނަ ޔަގީންވެގެން ދިޔައެވެ.
ދެވަނަ ބުރުގައި އާޖެންޓީނާ ނިކުންނާނީ ގްރޫޕް ޑީގެ ދެވަނަ އޮސްޓްރޭލިއާ އާއި ދެކޮޅަށެވެ. އަދި ޕޮލެންޑް ބައްދަލުކުރާނީ ގްރޫޕް ޑީގެ އެއްވަނަ އަދި އެންމެ ފަހުގެ ޗެމްޕިއަނުން ފްރާންސް އާއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
