މާލެ: 31°C

ރަޝްފޯޑްގެ 2 ލަނޑާއެކު އިންގްލޭންޑަށް ގްރޫޕް ބީގެ އެއްވަނަ

November 30, 2022
2 ފަހަރު ބަލާފައި
ރަޝްފޯޑްގެ 2 ލަނޑާއެކު އިންގްލޭންޑަށް ގްރޫޕް ބީގެ އެއްވަނަ
ރަޝްފޯޑްގެ 2 ލަނޑާއެކު އިންގްލޭންޑަށް ގްރޫޕް ބީގެ އެއްވަނަ
ގިނަ ބަދަލުތަކަކާއެކު ގްރޫޕް ސްޓޭޖްގެ ފަހު މެޗަށް ނިކުތް އިންގްލޭންޑުން ފަސޭހަ ކަމާއެކު އަވަށްޓެރި ވޭލްސް ބަލިކޮށް ގްރޫޕް ބީގެ އެއްވަނަ ހޯދައިފިއެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ ދެ މެޗުގައިވެސް ބޭނުންކުރި ފުރަތަމަ އެގާރައަށް ގްރޫޕްގެ ފަހު މެޗަށް 4 ބަދަލެއް އިންގްލޭންޑްގެ ކޯޗު ގެރެތް ސައުތްގޭޓް ގެނައެވެ. އެއީ ސްޓާލިންގ އާއި ސަކާގެ ބަދަލުގައި ރަޝްފޯޑް އާއި ފޯޑެން އެރުވުމުގެ އިތުން ޓްރިޕިއަރގެ ބަދަލުގައި ވޯކަރ އާއި މައުންޓްގެ ބަދަލުގައި ހެންޑާސަން ކުޅެން ނެރުމެވެ. ވޭލްސް އާއި ބައްދަލުކުރި މިމެޗުން މިބަދަލުތަކުގެ ފައިދާ އެރުވި ކުޅުންތެރި ވަރަށް ރަނގަޅަށް ހިފިއެވެ. މިގޮތުން ރަޝްފޯޑް ވަނީ މިމެޗުގައި ދެ ލަނޑު ޖަހާފައެވެ. ވޭލްްސްގެ މައްޗަށް އިންގްލޭންޑުން ތިނެއް ސުމަކުން ކުރި ހޯދި އިރު އިންގްލޭންޑްގެ އަނެއް ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީވެސް ރޭގެ މެޗަށް އަލަށް އެރުވި ފިލް ފޯޑެންއެވެ. އިންގްލޭންޑް ގްރޫޕް ބީގެ އެއްވަނަ ހޯދިއިރު މިގްރޫޕްގެ ދެވަނަ ހޯދީ ރޭ ކުޅުނު އަނެއް މެޗުގައި އިރާންގެ މައްޗަށް އެކެއް ސުމަކުން ކުރި ހޯދި އެމެރިކާއެވެ. ގްރޫޕްގެ އެއްވަނަ އިންގްލޭންޑް ދެވަނަ ބުރުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ ދެވަނައަށް ދިޔަ ސެނެގާލް އާއެވެ. އަދި އެމެރިކާ ދެވަނަ ބުރުގައި ނިކުންނާނީ ގްރޫޕް އޭގެ އެއްވަނަ ޓީމް ނެދަލޭންޑްސް އާއި ދެކޮޅަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ