މާލެ: 31°C

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ގްރޫޕް އޭގެ އެއްވަނަ ހޯދައިފި

November 30, 2022
2 ފަހަރު ބަލާފައި
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ގްރޫޕް އޭގެ އެއްވަނަ ހޯދައިފި
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ގްރޫޕް އޭގެ އެއްވަނަ ހޯދައިފި
ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އޭގައި ނެދަލޭންޑްސް ކުޅުނު ތިން މެޗުގެ ތެރެއިން 2 މެޗް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނާގައި ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ. ނެދަލޭންޑްސް އެއްވަނަ ޔަގީން ކުރީ ރޫޕްގެ ފަހު މެޗުގައި މުބާރާތް ބާއްވާ ޤައުމު ގަތަރުގެ މައްޗަށް ދޭއް ސުމަކުން ކުރި ހޯދައިގެންނެވެ. މިމެޗަށް ނިކުތް އިރުވެސް ގަތަރަށް އެއްވެސް ފުރުސަތެއް ނެތެވެ. މިމެޗުގައި ނެދަލޭންޑްސްގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ކޯޑީ ގެކްޕޯ އާއި ފްރޭންކީ ޑި ޔޯންގްއެވެ. މިމެޗުގައި ޖެހި ލަނޑާއެކު ގެކްޕޯ ވަނީ މުބާރާތުގައި ކުޅުނު ތިން މެޗުގައިވެސް ލަނޑު ޖަހާ މިމުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ. ގްރޫޕް ސްޓޭޖްގައި ނެދަލެންޑްސް ކުޅުނު 3 މެޗްގެ ތެރެއިން 3 މެޗް ކާމިޔާބުކުރި އިރު 1 މެޗް ނިމުނީ އެއްވަރު ވެގެންނެވެ. އެއީ އިކުއެޑޯއާ ދެކޮޅަށް 1-1 އެއްވަރުވެގެން ނިމުނު މެޗެވެ. މިގްރޫޕްގެ ދެވަނަ ހޯދީ ސެނެގާލްއެވެ. އެއީ ފަހު މެޗުގައި ވާދަވެރި އެކުއަޑޯގެ މައްޗަށް ދޭއް އެކަކުން ކުރި ހޯދައިގެންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ