މާލެ: 31°C

ވޯލްޑް ކަޕުން ކެޓި ފުރަތަމަ ޓީމަކަށް ޤަތަރު

November 26, 2022
2 ފަހަރު ބަލާފައި
ވޯލްޑް ކަޕުން ކެޓި ފުރަތަމަ ޓީމަކަށް ޤަތަރު
ވޯލްޑް ކަޕުން ކެޓި ފުރަތަމަ ޓީމަކަށް ޤަތަރު
މިފަހަރުގެ ވޯލްޑް ކަޕުން ކެޓި ފުރަތަމަ ޓީމަކަށް ގަތަރު ވި އިރު ވޯލްޑް ކަޕްގެ ތާރީހުގައިވެސް އެންމެ އަވަހަށް މުބާރާތުން ވަކިވާން ޖެހުނު މުބާރާތް ބާއްވާ ގައުމަށްކަށް ގަތަރު ވެއްޖެއެވެ. ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އޭގައި ގަތަރު ކުޅުނު ފުރަތަމަ ދެމެޗުން އެޓީމް ބަލިވިރު މުބާރާތުގެ ގްރޫޕް ސްޓޭޖާހަމައިން މުބާރާތް ނިންމާލަން ޖެހޭކަން އެޓީމަށް ޔަގީންވީ މި ގްރޫޕްގައި ރޭ އެކުއަޑޯ އާއި ނެދަލޭންޑްސް ބައްދަލުކުރި މެޗު އެއްވަރުވެ އެ ދެޓީމްވެސް 4 ޕޮއިންޓް ހަމަކުރުމުންނެވެ. އަދި ޕޮއިންޓެއް ނުލިބިއޮތް ގަތަރަށް މިގްރޫޕުން ދެވަނަ ބުރުގެ ފުރުސަތު ގެއްލުނުއިރު ދެން ގްރޫޕްގައި އޮތް ސެނެގާލް ވަނީ ރޭ ކުޅުނު މެޗުން ގަތަރު ބަލިކޮށް 3 ޕޮއިންޓް ހަމަކޮށްފައެވެ. މި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ނެދަލޭންޑްސްއަށް ދެވަނަ ބުރުގެ ޖާގަ ހޯދުމުގެ ފުރުސަތު ބޮޑުވެފައިވާއިރު އަނެއް ޖާގަ ލިބިގެންދާނީ ފަހު މެޗުގައި ސެނެގާލް އާއި އެކުއަޑޯ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށެވެ. މި ގްރޫޕްގެ އެއްވަނަ ބައްދަލުކުރާނީ އިންގްލޭންޑާއި އެމެރިކާ އަދި ވޭލްސް އާއި އިރާން ހިމެނޭ ގްރޫޕް ބީގެ ދެވަނައަށް ދާ ޓީމަކާއެވެ. އަދި ގްރޫޕް އޭގެ ދެވަނަ ބައްދަލުކުރަން ޖެހޭނީ ބްރޫޕް ބީގެ އެއްވަނަ އާއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ