މެސީ އާއި އާޖެންޓީނާ ކުރީގެ ކޯޗާ ދެކޮޅަށް ނިކުންނާނީ ފައިނަލަކަށް

މެސީ އާއި އާޖެންޓީނާ ކުރީގެ ކޯޗާ ދެކޮޅަށް ނިކުންނާނީ ފައިނަލަކަށް
ލިޔުން:
މެސީ އާއި އާޖެންޓީނާ ކުރީގެ ކޯޗާ ކުރިމަތިލާނީ އެއީ ފައިނަލެއް ކަމަށް ދެކިގެންކަމަށް އާޖެންޓީނާ ޓީމުން ބުނެފިއެވެ.
ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖްގެ ދެވަނަ މެޗުގައި މެކްސިކޯ އާއި ބައްދަލުކުރަން ތައްޔާރުވަމުންދާ އާޖެންޓީނާ ޓީމުގެ ފޯވާޑް ލައުތާރޯ މާޓިނޭޒް މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުނީ މިމެޗަށް އާޖެންޓީނާ ނިކުންނާނީ މިއީ ފައިނަލެއް ކަމަށް ދެކިގެން ކަމަށެވެ.
އާޖެންޓީނާ ބަލިކޮށް މުބާރާތުން އާޖެންޓީނާ ކަޓުވާލުމުގެ ޒިންމާ މިފަހަރު ހަވާލުވެފައިވަނީ އާޖެންޓީނާގެ ކުރީގެ ކޯޗު އަދި މެސީ އާއި އެއް ރަށަކަށް ނިސްބަތްވާ ފަރާތަކަށެވެ.
އާޖެންޓީނާގެ ރޮސާރިއޯއަށް އުފަން ގެރާޑޯ މަރޓީނޯ އަކީ ކުރިން ބާސެލޯނާ އަށާއި އާޖެންޓީނާ ޤައުމީ ޓީމަށްވެސް ކޯޗުކޮށްދީފައިވާ އަދި މެސީ ވަރަށް ރަނގަޅަށް ދަންނަ ކޯޗެކެވެ. މިހާރު މެކްސިކޯ ޓީމާ ހަވާލުވެހުރި މަރޓީނޯ އަކީ މެސީ އެންމެ ފުރަތަމަ އާޖެންޓީނާގެ ނިއުވެލްސް ބޯއީސްގެ އެކަޑަމީ އާއި ގުޅުނުއިރު އެކްލަބްގެވެސް ކޯޗުގެ މަގާމުގައި ހުރި ފަރާތެވެ.
މެސީ އާއި އާޖެންޓީނާ މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުން ސައުދީ އަރަބިއްޔާއަތުން ދޭއް އެކަކުން ބަލިވެފައިވާއިރު އެޓީމަށް ގްރޫޕް ސްޓޭޖުގައި ކުޅޭ ދެވަނަ މެޗުގައި މޮޅުވުން ނޫން ގޮތެއް ނެތެވެ.
މިމެޗަށް ނިކުންނައިރު މެސީގެ ފިޓްނަސްއާއި މެދު ކޮންމެވެސް ވަރެއްގެ ސުވާލުތަކެއް އުފެދުނު ނަމަވެސް އާޖެންޓީނާއިން ވަނީ އެކަން ނިމުމަކަށްގެނަސް މެސީ މިވަގުތު ހުރީ ހުރިހާ ގޮތަކުންވެސް އެންމެ ފުރިހަމައަށް މެޗަށް ތައްޔާރުވެގެން ކަމަށް ބުނެފައިއެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ސީގައި އާޖެންޓީނާ އާއި މެކްސިކޯ ބައްދަލުކުރާ މެޗު ފެށުމަށްހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ ބާރަ ޖަހާއިރުއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
