މާލެ: 31°C

ނޭމާއަށް އަނިޔާވުމުން ބްރެޒިލް ފިކުރުބޮޑުވެއްޖެ

November 25, 2022
2 ފަހަރު ބަލާފައި
ނޭމާއަށް އަނިޔާވުމުން ބްރެޒިލް ފިކުރުބޮޑުވެއްޖެ
ނޭމާއަށް އަނިޔާވުމުން ބްރެޒިލް ފިކުރުބޮޑުވެއްޖެ
މިހާރު ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބްރެޒިލް ކުޅުނު ފުރަތަމަ މެޗުގައި ބްރެޒިލްގެ އެންމެ މުހިއްމު ކުޅުންތެރިއާ ނޭމާއަށް ލިބުނު އެންޖެރީއާއެކު އޭނާއަށް މުބާރާތުގެ ދެވަނަ މެޗުގައި ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބްރެޒިލް އާއި ސާބިއާ ބައްދަލުކުރި މެޗު ބްރެޒިލް ކާމިޔާބުކުރީ ދޭއް ސުމަކުންނެވެ. މިމެޗުގައި ބްރެޒިލްއިން ޖެހި ދެލަނޑުވެސް މެޗުގެ ދެވަނަ ހާފްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޕްރިމިއަރ ލީގުގެ ޓޮޓްނަމްއަށް ކުޅެމުންދާ ހުނަރުވެރި ފޯވާޑް ރިޗާލިސަންއެވެ. މެޗުގެ ފަހު ކޮޅު ނޭމާގެ ކުޑަ ހުޅަށް ލިބުނު އަނިޔާ އަކާ ގުޅިގެން އޭނާ ބަދަލުކުރި އިރު މެޗުގެ ފަހުން ފެނުނީ ނޭމާގެ ފައި ވަރަށް ބޮޑަށް ދުޅަވެފައިހުރި މަންޒަރެވެ. ނޭމާއަށް ކުރިއަށް އޮތް ސްވިޓްޒަރލޭންޑް މެޗުގައި ނުކުޅެވޭނެކަން ޔަގީންވެފައިވާއިރު ބްރެޒިލްގެ މެޑިކަލް ޓީމުން ބުނަނީ ކުރިއަށް ހުރި މެޗުތަކުގައި ނޭމާއަށް ކުޅެވޭވަރު ވާނެކަމުގެ އުއްމީދު އެބައޮތްކަމަށެވެ. އެހެންނަމަވެސް ދިމާވި އަނިޔާގެ ސީރިއަސް ވަރެއް އަދި ބްރެޒިލްގެ މެޑިކަލް ޓީމުން ހާމަކޮށްފައެއް ނުވެއެވެ. ނޭމާގެ އިތުރުން މިމެޗުގައި ބްރެޒިލްގެ ޑިފެންޑަރު ޑެނީލޯއަށްވެސް ވަނީ އަނިޔާވެފައެވެ. އަދި ޑެނީލޯއަށްވެސް ކުރިއަށް އޮތް ސްވިޓްޒަރލޭންޑް މެޗުގައި ނުކުޅެވޭނެކަން ވަނީ ޔަގީންވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ