މާލެ: 31°C

ރޮނާލްޑޯ 2 މެޗަށް ސަސްޕެންޑްކޮށް 50 ހާސް ޕައުންޑުން ޖޫރިމަނާކޮށްފި

November 23, 2022
2 ފަހަރު ބަލާފައި
ރޮނާލްޑޯ 2 މެޗަށް ސަސްޕެންޑްކޮށް 50 ހާސް ޕައުންޑުން ޖޫރިމަނާކޮށްފި
ރޮނާލްޑޯ 2 މެޗަށް ސަސްޕެންޑްކޮށް 50 ހާސް ޕައުންޑުން ޖޫރިމަނާކޮށްފި
ދާދި ފަހުން މެންޗެސްޓަރ ޔުނައިޓެޑްގެ ކޮންޓްރެކްޓް އުވާލި ކްރިސްޓިއާނޯ ރޮނާލްޑޯ 2 މެޗަށް ސަސްޕެންޑްކޮށް 50 ހާސް ޕައުންޑުން ޖޫރިމަނާކޮށްފިއެވެ. އިނގިރޭސި އެފް.އޭ އިން ރޮނާލްޑޯ ޖޫރިމަނާކޮށްފައި މިވަނީ މިދިޔަ ސީޒަންގައި އެވާޓަން އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗަށްފަހު ދަނޑުން ފައިބަން ދިޔަ ވަގުތު އެވާޓަން ސަޕޯޓަރެއްގެ ފޯނުގައި އަތުން ޖަހާ ވައްޓާލުމާއި ގުޅިގެން އެކަން ތަހްގީގު ކުރުމަށް ފަހުއެވެ. މިހާރު ކްލަބެއް ނެތް ރޮނާލްޑޯ ސަސްޕެންޑް ކޮށްފައިވަނީ އިނގިރޭސި ފުޓްބޯޅައިގެ ކުޅޭ ދެ މެޗަށްށެވެ. އެހެންކަމުން ރޮނާލްޑޯ އަލުން އިނގިރޭސި ކްލަބަކާ ގުޅިއްޖެނަމަ އޭނާއަށް ފުރަތަމަ ދެ މެޗުގައި ނުކުޅެވޭނެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯނަރުން އަދި ޓީމުގެ ކޯޗުގެ އަމަލުތަކުގެ އިތުރުން ޓީމު ހިންގާ ގޮތާ ބެހޭގޮތުން ހިތްހަމަ ނުޖެހުން ފާޅުކޮށް ރޮނާލްޑޯ ދިން އިންޓަވިއުއަށްފަހު ރޮނާލްޑޯގެ ކޮންޓްރެކްޓް މެންޗެސްޓަރ ޔުނައިޓެޑުން އުވާލިއިރު ރޮނާލްޑޯ ދެން ފެނިގެންދާނީ ކޮން ކްލަބަކުންކަން ބުނަން އުނދަގުލެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ