ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ފެނަކައިން ހޯދައިފި

ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ފެނަކައިން ހޯދައިފި
ލިޔުން:
އެމްޕީއެލް ބަލިކޮށް، ޓީމު ފެނަކަ އިން ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ފެނަކައިން ޗެމްޕިއަންކަން ހޯދީ 2-1 ލަނޑުން މެޗް ކާމިޔާބުކޮއްގެންނެވެ. ފުރަތަމަ ލީޑުނެގީ އެމްޕީއެލް އިންނެވެ. އެ ޓީމުގެ ލަނޑު ޖެހީ އަލީ ޝަމާލް އަބްދުﷲ (ޝަންމު) އެވެ. ފެނަކައަށް އެއްވަރު ކޮއްދިނީ މެޗްގެ 33 ވަނަ މިނެޓްގައި ކުރިން އެމްޕީއެލްއަށް ކުޅުނު މުހައްމަދު އައްޒާމެވެ. ފެނަކަ މޮޅުވި ގޯލު ޖެހީ މެޗު ނިމެން 33 ސިކުންތަށް ވެފައި ހުއްޓަ އެވެ. މި ގޯލު ޖެހީ މި ފަހަރުގެ މުބާރާތުގައި 13 ގޯލު ޖަހައިގެން އެންމެ ގިނަ ލަނޑު ޖަހައިގެން ރަން ބޫޓު ހޯދި ހުސެއިން ޝަރީފް (އޮންލީ) އެވެ.
ފައިނަލް މެޗްގެ މޮޅުކުޅުންތެރިޔަކީ ފެނަކައިގެ އަޔާއެވެ. މުޅި މުބާރާތުގެ މޮޅު ކުޅުންތެރިޔާ، "ކިންގް"ގެ މަގާމު ވެސް ހޯދީ އަޔާ އެވެ. ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި އަޔާގެ އިތުރުން ދެން ހިމެނެނީ އޮންލީ އާއި އެމްޕީއެލްގެ ކީޕަރު ފާތިހު އާއި މުހައްމަދު ސާދު ނިޒާރު އަދި ކްލަބް އެޗްޑީސީގެ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. ފެއާ ޕްލޭ ޓީމަކީ ވެމްކޯ އެވެ. ފެއާ ޕްލޭ ކުޅުންތެރިއަކަށް އެޗްޑީސީގެ ނާއިޒު ހަސަން (ދާދު)އެވެ. އެންމެ ރަނގަޅަށް ސަޕޯޓްކުރި ޓީމަކަށް ހޮވުނީ ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އެވެ. އެންމެ މޮޅު ކޯޗުގެ މަގާމު ލިބުނީ ފެނަކަ ޓީމުގެ ކޯޗު އަބްދުﷲ ނަސީރު (އަބޯ) އަށެވެ.
ފައިނަލް ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހު އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
