ނަޕޯލީން މި ސީޒަނުގައި ބަލިނުވެ ދަމަހައްޓަމުން އައި ރިކޯޑު ލިވަޕޫލުން ނިމުމަކަށް ގެނެސްފި

ނަޕޯލީން މި ސީޒަނުގައި ބަލިނުވެ ދަމަހައްޓަމުން އައި ރިކޯޑު ލިވަޕޫލުން ނިމުމަކަށް ގެނެސްފި
ލިޔުން:
ޕޯލީން މި ސީޒަނުގައި ދަމަހައްޓަމުން އައި ބަލިނުވުމުގެ ރެކޯޑަށް ނިމުން އަތުވެއްޖެ އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގައި ލިވަޕޫލުން ނަޕޯލީ ބަލިކުރީ 2-0 ލަނޑުންނެވެ. މިމެޗަކީ މިހާތަނަށް މިސީޒަނުގައި ނަޕޯލީ ބަލިވި ފުރަތަމަ މެޗެވެ. މިމެޗަށް ނަޕޯލީން ނުކުތީ އެންމެފަހުން އެޓީމުން ކުޅުނު 21 މެޗުގައިވެސް ބަލިނުވެ އޮވެގެންނެވެ. ނަޕޯލީއާއި ލިވަޕޫލަށްވެސް ހަ މެޗުން 15 ޕޮއިންޓް ލިބިފައިވާ އިރު، ގްރޫޕްގެ 1 ވަނައިގައި ނަޕޯލީ އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. މިގްރޫޕުން ތިންވަނަ ޓީމުގެ ގޮތުގައި ޔޫރޮޕާއަށް ދިޔައީ އަޔެކްސްއެވެ. ކުޅުނު ހުރިހާ މެޗަކުން ބަލިވެ މި ގްރޫޕްގެ އެންމެ ފުލަށް ދިޔައީ ސްކޮޓްލޭންޑްގެ ރޭންޖާސްއެވެ. މި މެޗްގައި ލިވަޕޫލުން ޖެހި 2 ގޯލްވެސް ފެނުނީ ފަހު 10 މިނެޓް ތެރޭގައެވެ. ފުރަތަމަ ގޯލު 85 ވަނަ މިނެޓުގައި ޖަހައިދިނީ މުހައްމަދު ސަލާހެވެ. މެޗުގެ ފަހު މިނެޓުގައި 2 ވަނަ ގޯލް ޖެހީ ބަދަލުކުޅުންތެރިއެއްގެ ގޮތުން ކުޅެން ނިކުން އުރުގުއާއީގެ ޑާވިން ނުނޭޒެވެ.
ޗެމްޕިއަންސް ލީގުގައި ލިވަޕޫލުން ރަނގަޅު ކުޅުމެއް ދައްކަމުން އައި ނަމަވެސް އިނގިރޭސި ޕްރިމިއާލީގުގައި އެޓީމު ދައްކަމުންދަނީ ދަށް ކުޅުމެކެވެ. އެންމެ ފަހުން ކުޅުނު 2 މެޗުންވެސް އެޓީމް ވީ ބައްޔެވެ. އެއީ ލީގުގެ ފުލުގައި އޮތް 2 ޓީމުކަމަށްވާ ނޮޓިމްހަމް ފޮރެސްޓާއި ލީޑްސް ޔުނައިޑެޓް އަތުނެނެވެ. ލީގުގައި އެޓީމް އޮތީ 9 ވަނައިގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
