މާލެ: 31°C

ޗެމްޕިއަންސް ލީގު: ލިވަޕޫލް ދެ ވަނަ ބުރަށް

October 27, 2022
2 ފަހަރު ބަލާފައި
ޗެމްޕިއަންސް ލީގު: ލިވަޕޫލް ދެ ވަނަ ބުރަށް
ޗެމްޕިއަންސް ލީގު: ލިވަޕޫލް ދެ ވަނަ ބުރަށް
ޔުއެފާ ޗެމްޕިއަންސް ލީގުގައި އަޔަކްސްގެ މައްޗަށް ކުރި ހޯދާ ލިވަޕޫލް މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފިއެވެ.

މި މެޗް އެއްވަރުކޮށްލައިގެން ވެސް ދެ ވަނަ ބުރުގެ ފުރުސަތު އޮތް ލިވަޕޫލުން އަޔަކްސް ބަލިކުރީ 3-0 ލަނޑުންނެވެ. މެޗްގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު 42 ވަނަ މިނެޓްގައި ޖެހީ މުހައްމަދު ސަލާހެވެ. ދެވަނަ ލަނޑު 49 ވަނަ މިނެޓްގައި  ޑާވިން ނޫނޭޒް ޖެހި އިރު 3 ވަނަ ލަނޑު ޖެހީ 52 ވަނަ މިނެޓްގައި ހާވީ އެލިއަޓްއެވެ.

މިއީ ލިވަޕޫލުން ޗެމްޕިއަންސް ލީގުގައި ކުޅުނު 150 ވަނަ މެޗެވެ. މިގްރޫޕްގެ އެއް ވަނައިގައި އޮތީ ރޭންޖާސް އަތުން 3-0 އިން މޮޅުވި ނަޕޯލީއެވެ. ފަސް މެޗުން 15 ޕޮއިންޓް ހޯދައި 2 ވަނަ ބުރަށް ނަޕޯލީ ދަތުރުކުރީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކުގައެވެ. ލިވަޕޫލް ދެ ވަނައިގައި އޮތީ ފަސް މެޗުން 12 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް އަޔަކްސް އަށް ވަނީ ފަސް މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ރޭންޖާސް ފަސް މެޗު ކުޅުނުއިރު، ޕޮއިންޓެއް ނުލިބެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ