މާލެ: 31°C

މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖު ފެށިއްޖެ

October 18, 2022
2 ފަހަރު ބަލާފައި
މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖު ފެށިއްޖެ
މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖު ފެށިއްޖެ
ބީ.ޑަބްލިއު.އެފް ކޮންޓިނެންޓަލް ސާކިޓުގައި ހިމެނޭ އިންޓަރނޭޝަނަލް ބެޑްމިންޓަން މުބާރާތް މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖު، 25 ޤައުމެއްގެ ކުޅުންތެރިންނާއެކު ކުޅިވަރު އެކުވެނީ އިންޑޯ ހޯލްގައި ފެށިއްޖެއެވެ. މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއެވެ. މިމުބާރާތް ފެށުމުގެ ރަސްމިއްޔާތަށް ފަހުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މުބާރާތުގެ ބައެއް މެޗުތައް ބައްލަވާލައްވާފައެވެ. [caption id="attachment_72697" align="aligncenter" width="2560"] މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް 2022 ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން[/caption] މިއީ މިއަހަރު ރާއްޖޭގައި ބޭއްވޭ ބައިނަލްއަޤުވާމީ 7 ވަނަ މުބާރާތެވެ. މި އަހަރުގެ ބީ.ޑަބްލިއު.އެފް ކޮންޓިނެންޓަލް ސާކިޓުގައި ހިމެނޭ، މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް 2022ގެ މެޗުތައް ކުރިޔަށްދާނީ، މި އޮކްޓޫބަރުމަހުގެ 18 އިން 23 އަށެވެ. [caption id="attachment_72698" align="aligncenter" width="2560"] މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް 2022[/caption] މިމުބާރާތުގައި ދުނިޔޭގެ 25 ޤައުމަކުން ދުއިސައްތައަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެއެވެ. އޭގެ ތެރޭގައި ބެޑްމިންޓަންގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންވެސް ހިމެނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ