މާލެ: 31°C

ބަލިނުވެއޮތް ބާސެލޯނާ އާއި ރެއާލްގެ ކުރިމަތިލުން ކާމިޔާބުކޮށް ރެއާލްއަށް އެއްވަނާގައި 3 ޕޮއިންޓްގެ ލީޑެއް

October 16, 2022
2 ފަހަރު ބަލާފައި
ބަލިނުވެއޮތް ބާސެލޯނާ އާއި ރެއާލްގެ ކުރިމަތިލުން ކާމިޔާބުކޮށް ރެއާލްއަށް އެއްވަނާގައި 3 ޕޮއިންޓްގެ ލީޑެއް
ބަލިނުވެއޮތް ބާސެލޯނާ އާއި ރެއާލްގެ ކުރިމަތިލުން ކާމިޔާބުކޮށް ރެއާލްއަށް އެއްވަނާގައި 3 ޕޮއިންޓްގެ ލީޑެއް
މިސީޒަންގެ ފުރަތަމަ އެލް ކްލޭސިކޯ މެޗު ރެއާލް މެޑްރިޑް ކާމިޔާބުކޮށްފިއެވެ. ރެއާލް މެޑްރިޑް ދަނޑުގައި ކުޅުނު މިމެޗު ރެއާލް ކާމިޔާބުކުރީ 3 - 1 ނެވެ. މިމެޗަށް ނިކުތް އިރު ބާސެލޯނާ އާއި ރެއާލް މެޑްރިޑްވެސް ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. އަދި ދެޓީމަށްވެސް 8 މެޗުން ލިބިފައިވަނީ 22 ޕޮއިންޓެވެ. ބާސެލޯނާގެ މައްޗަށް ކުރި ހޯދާ ރެއާލް ވަނީ މިސީޒަންގައި ބަލިނުވެ ހިފަހައްޓަމުންދާ ރެކޯޑް ދަމަހައްޓާފައެވެ. މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ރެއާލް އަށް ލީޑް ނަގައިދިނީ މިއަހަރުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމާއެކު ބެލޯންޑިއޯ ހޯދާނެކަމަށް ހުރިހާ އެންމެންވެސް އިއްތިފާގުވާ ރެއާލްގެ ތަޖްރިބާކާރު ފޯވާޑް ކަރީމް ބެންޒެމާއެވެ. ރެއާލްގެ ދެވަނަ ލަނޑު ޖަހައިދިނީ ޓީމުގެ މެދު ތެރޭގައި މިފަހަކަށް އައިސް އެންމެ މުހިއްމު ދައުރެއް އަދާކުރަމުންދާ އުރުގުއޭގެ މިޑްފިލްޑަރ ފެޑޭ ވަލްވެރްދޭއެވެ. އަދި ތިންވަނަ ލަނޑު މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއާ ރޮޑްރިގޯއެވެ. ބާސެލޯނާއިން މެޗުގައި ޖެހި ހަމައެކަނި ލަނޑު ލެވަންޑޮސްކީގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ ސްޕެއިން ފޯވާޑް ފެރާން ޓޮރޭސްއެވެ. މިމެޗުން ބަލިވުމުން ބާސެލޯނާގެ ކޯޗު ޗަވީ ހެނާންޑޭޒް ބުނީ ބާސެލޯނާ އޮތީ އެންމެ ރަނގަޅު ހާލަތުގައި ނޫންކަމަށާއި ރެއާލް މެޑްރިޑާއި އަލުން ވާދަކުރުމަށް ވަރަށް ގިނަ މަސައްކަތް ކުރަން ޖެހޭކަމަށެވެ. މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ރެއާލް ވަނީ ލީގު ތާވަލްގެ އެންމެ ކުރިން ބާސެލޯނާގެ މައްޗަށް ތިން ޕޮއިންޓްގެ ލީޑެއް ހޯދާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ