މާލެ: 31°C

ކޮލިފައިން ބުރުން ރާއްޖޭގެ ޗެމްޕިއަން ޕެއަރ ބަލިވެއްޖެ

October 14, 2022
2 ފަހަރު ބަލާފައި
ކޮލިފައިން ބުރުން ރާއްޖޭގެ ޗެމްޕިއަން ޕެއަރ ބަލިވެއްޖެ
ކޮލިފައިން ބުރުން ރާއްޖޭގެ ޗެމްޕިއަން ޕެއަރ ބަލިވެއްޖެ
ސަން އައިލެންޑް ރިސޯޓްގައި މިހާރު ކުރިއަށްދާ އެފް.އައި.ވީ.ބީ ބީޗް ޕްރޯ މޯލްޑިވްސް އޯޕަންގެ ކޮލިފައިންގ ބުރުގެ މެޗުން ރާއްޖޭގެ އެންމެ ފަހުގެ ޗެމްޕިއަން ޕެއަރ ބަލިވެއްޖެއެވެ. ތައިލޭންޑުގެ އެއް ވަނަ ޕެއާ އާއި ވާދަކޮށް ރާއްޖޭގެ ބީޗް ވޮލީ ޗެމްޕިއަން ޕެއަރ މުހައްމަދު އަލީ (ޑެންޒޯ) އާއި އަހުމަދު މުހައްމަދު (ކޯކޭ) ބަލިވީ ސީދާ ދެސެޓުންނެވެ. [caption id="attachment_72675" align="aligncenter" width="1280"] އެފްއައިވީބީ ބީޗް ޕްރޯ މޯލްޑިވްސް އޯޕަންގައި ޑެންޒޯ އާއި ކޯކޭ ކުޅުނު މެޗުގެ ތެރެއިން - ފޮޓޯ: އަދަދު ސްޕޯޓްސް[/caption] މިމުބާރާތުގެ މެއިން ޑްރޯއިން ރާއްޖޭގެ ރޭންކިންގ އެންމެ ކުރީގައި އޮތް އިސްމާއިލް ސާޖިދު (ޝާހް) އާއި އާދަމް ނަސީމް (އެޑަމާ)ގެ ޕެއަރއަށް ވަނީ ޖާގަ ލިބިފައެވެ. ޝާހް އާއި އޭޑަމާަގެ ޕެއަރ މިމުބާރާތުގައި ކުޅޭ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ހެނދުނުއެވެ. 28 ގައުމަކުން 86 ޕެއާ ވާދަކުރެ މިމުބާރާތް ކުރިއަށްދާނީ މިމަހުގެ 13 އިން 16އަށެވެ. މިއީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެންމެ މޮޅު ކުޅުންތެރިން ވާދަކުރާ ވޮލީބޯޅައިގެ މުބާރާތެއް ރާއްޖޭގައި ބޭއްވޭ ފުރަތަމަ ފަހަރެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ