ބާސެލޯނާ އެއްވަރުވެ ޔޫރޮޕާ ލީގާ ދިމާލަށް

ބާސެލޯނާ އެއްވަރުވެ ޔޫރޮޕާ ލީގާ ދިމާލަށް
ލިޔުން:
ޔުއެއްފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ގްރޫޕް ސީގައި ބާސެލޯނާ އާއި އިންޓަރ މިލާން ބައްދަލުކުރި މެޗު ނިމުނީ 3 - 3 ދެ ޓީމް އެއްވަރުވެގެންނެވެ. މިނަތީޖާ އާއެކު ބާސެލޯނާ އޮތީ ގްރޫޕް ސީގެ ތިން ވަނާގައި 4 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އިންޓަރމިލާންއަށް 7 ޕޮއިންޓް ލިބިފައިވާއިރު ގްރޫޕްގެ އެއްވަނާގައި އޮތް ބަޔާން މިޔުނިކް ވަނީ 12 ޕޮއިންޓް ހަމަކޮށް ގްރޫޕުން ދެވަނަ ބުރުގެ ޔަގާއެއް ޔަގީންކޮށްފައެވެ.
ބާސެލޯނާއަށް ގްރޫޕްގައި ބާކީ އޮތީ ވިކްޓޯރިއާ އަދި ބަޔާން އާއި ބައްދަލުކުރާ މެޗުތަކެވެ. އިންޓަރމިލާންއަށްވެސް ބާކީ އޮތީ މި ދެޓީމް އާއި ބައްދަލުކުރާ މެޗުތަކެވެ. ގްރޫޕްގެ ދެވަނަ އާއެކު ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޖާގައެއް ހޯދުމުގެ ފުރުސަތު އޮތީ ބާސެލޯނާ އާއި އިންޓަރމިލާންގެ ތެރެއިން ކޮންމެ އެއްޓީމަކަށެވެ.
އިޓަލީގައި ކުޅުނު މެޗުގައި ބާސެލޯނާގެ މައްޗަށް ކުރި ހޯދާ ދެވަނަ ބުރުގެ އުއްމީދު އިތުރުކުރި އިންޓަރ މިލާން ބާސެލޯނާ އާއި ދެކޮޅަށް ބާސެލޯނާގައި ނިކުތީ މިމެޗުން މޮޅުވެ ބާސެލޯނާ ޗެމްޕިއަންސް ލީގުން ކަޓުވާލުމުގެ އުއްމީދުގައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީވެސް ބާސެލޯނާއިންނެވެ. ފުރަތަމަ ހާފް ނިމެންދަނިކޮށް ބާސެލޯނާއަށް ލީޑް ނަގައިދިނީ އުސްމާނޭ ޑެމްބޭލޭއެވެ.
ދެވަނަ ހާފް ފަށައިގެން ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި އިންޓަރ މިލާން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފިލްޑަރ ބަރެލާއެވެ. އޭގެ 13 މިނެޓުފަހުން ލައުތާރޯ މާޓިނޭޒް 8 މެޗުގައި އިންޓަރ އަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑާއެކު އިންޓަރ ފުރަތަމަ ފަހަރަށް މެޗުގައި ލީޑް ނެގިއެވެ. މެޗު ނިމެން 8 މިނެޓަށް ވެފައިވަނިކޮށް ބާސެލޯނާއަށް ނަތީޖާ ހަމަ ހަމަކޮށްދިނީ ލެވާންޑޯސްކީއެވެ.
89 ވަނަ މިނެޓުގައި އިންޓަރ މިލާންއަށް ދެވަނަ ފަހަރަށް ލީޑް ނަގައިދީ ބާސެލޯނާ އިތުރު އަޑިގަނޑަކަށް ވައްޓާލީ ގޯސެންސްއެވެ. އެހެންނަމަވެސް ބާސެލޯނާއަށް ޗެމްޕިއަންސް ލީގުގައި ކުރިއަށް ދެވިދާނެކަމުގެ ކުޑަ އުއްމީދެއް ގެނަސްދިނީ 90 މިނެޓު ހަމަވެ ދެއްކި އިތުރު ވަގުތުގައި އިތުބާރު ފޯވާޑް ލެވާންޑޯސްކީ މެޗުގައި ޖަހައިދިން ދެވަނަ ލަނޑުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
