މާލެ: 31°C

ރޭންކިންގައި ރާއްޖެ 2 ދަރަޖަ ކުރިއަށް ޖެހިލައިފި

October 6, 2022
2 ފަހަރު ބަލާފައި
ރޭންކިންގައި ރާއްޖެ 2 ދަރަޖަ ކުރިއަށް ޖެހިލައިފި
ރޭންކިންގައި ރާއްޖެ 2 ދަރަޖަ ކުރިއަށް ޖެހިލައިފި
ފީފާއިން ކޮންމެ 2 މަހަކުން ނެރެމުންދާ ފީފާ ވޯލްޑް ރޭންކިންގައި ދިވެހިރާއްޖެ 2 ދަރަޖަ ކުރިއަށް ޖެހިލައިފިއެވެ. މިއަހަރުގެ މާޗް މަހުން ފެށިގެން ރާއްޖެ އޮތީ ދުނިޔޭގެ ރޭންކިންގެ 156 ވަނާގައެވެ. މާޗްމަހުން ފެށިގެން މިމަހާ ހަމައަށް ނެރުނު އެއްވެސް ރޭންކިންގއެއްގައި ރާއްޖޭގެ ދަރަޖައަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އެހެންނަމަވެސް އޮކްޓޯބަރު މަހަށް ނެރުނު ރޭންކިންގައި ރާއްޖެ ކުރިއަށް ޖެހިލާފައިވަނީ މިދިޔަ މަހު ދިވެހިރާއްޖޭގެ ޤައުމީ ޓީމުން ކުޅުނު އެކުވެރިކަމުގެ މެޗުތައް ކާމިޔާބުުކުރުމާގުޅިގެން ލިބުނު ޕޮއިންޓްތަކުންނެވެ. މިދިޔަ މަހު ދިވެހިރާއްޖޭގެ ޤައުމީ ޓީމުން ވަނީ ބުރުނާއިގައި އެކުވެރިކަމުގެ 2 މެޗު ކުޅެފައެވެ. ދިވެހި ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ބުރުނާއިގެ މައްޗަށް 3 - 0 ސުމަކުން ކުރި ހޯދި އިރު ދެވަނަ މެޗުގައި ލާއޯސް އާއި ބައްދަލުކޮށް ދިވެހިރާއްޖެ މެޗު ކާމިޔާބުކުރީ 3 - 1 ނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ