މާލެ: 31°C

ދިވެހިންނަށް ވޯލްޑްކަޕް ފެންނާނީ ދިވެހި ޗެނަލްތަކުން އެކަނި

October 6, 2022
2 ފަހަރު ބަލާފައި
ދިވެހިންނަށް ވޯލްޑްކަޕް ފެންނާނީ ދިވެހި ޗެނަލްތަކުން އެކަނި
ދިވެހިންނަށް ވޯލްޑްކަޕް ފެންނާނީ ދިވެހި ޗެނަލްތަކުން އެކަނި
ޤަތަރުގައި މިންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ކުޅިވަރުގެ އެންމެ ބޮޑު މުބާރާތް ކަމުގައިވާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް ދިވެހިރާއްޖޭގައި ދެއްކުމަށް ހަމަޖެހިފައިވަނީ ދިވެހި ޗެނަލްތަކުން އެކަންޏެވެ. [caption id="attachment_72598" align="aligncenter" width="2560"] ވޯލްޑް ކަޕް ބްރޯޑްކާސްޓިންގ ރައިޓްސްގައި މީޑިއާ ނެޓާއެކު ރާއްޖޭ ޓީވީ އަދި އައިސް ޓީވީ އެއްބަސްވުމުގައި ސޮއިކުރުން - ފޮޓޯ: މީޑިއާނެޓް[/caption] ވޯލްޑް ކަޕްގެ ބްރޮޑްކާސްޓިންގ ރައިޓްސް ދިވެހިރާއްޖެއިން ގަނެފައިވަނީ މީޑިއާނެޓްއިންނެވެ. މީޑިއާނެޓުން ރައިޓްސް ގަތުމަށްފަހު ރައިޓްސް ވިއްކާފައިވަނީ 2 ޗެނަލަކަށްށެވެ. އެއީ މީޑިއާނެޓްގެ ދަށުން ހިނގަމުންދާ އައިސް ޓީވީ އަށާއި ރާއްޖޭގެ އެންމެ ވަރުގަދަ އެއް ޗެނަލްގެ ގޮތުގައި މިހާރު ފާހަގަކުރެވެމުންދާ ރާއްޖެ ޓީވީއަށެވެ. މީގެ އިތުރުން ދައުލަތުގެ މީޑިއާ ޕީ.އެސް.އެމުންވެސް އަންނަނީ ރައިޓްސް ގަތުމުގެ މަޝްވަރާތައް ކުރަމުންނެވެ. އެހެންކަމުން މިފަހަރު ވޯލްޑް ކަޕްގެ މެޗުތައް ދައްކާނެކަން މިހާރު ޔަގީންވެފައިވާ އައިސް ޓީވީ އާއި ރާއްޖެ ޓީވީގެ އިތުރުން ދައުލަތުގެ މީޑިއާގެ ޔޭސް ޓީވީއިންވެސް މެޗުތައް ފެނިގެންދާނެއެވެ. [caption id="attachment_72599" align="aligncenter" width="2560"] ވޯލްޑް ކަޕް ބްރޯޑްކާސްޓިންގ ރައިޓްސްގައި މީޑިއާ ނެޓާއެކު ރާއްޖޭ ޓީވީ އަދި އައިސް ޓީވީ އެއްބަސްވުމުގައި ސޮއިކުރުން - ފޮޓޯ: މީޑިއާނެޓް[/caption] އެހެންނަމަވެސް މީޑިއާނެޓް މެދުވެރިކޮށް މީގެކުރިން އިންޑިއާގެ ސްޓަރ ސްޕޯޓްސް ނުވަތަ ޓެން ސްޕޯޓްސް ފަދަ ބޮޑެތި ޗެނަލްތަކުން ވޯލްޑް ކަޕް ބެލުނުނު ނަމަވެސް މިފަހަރު މި ޗެނަލްތަކުން ވޯލްޑް ކަޕެއް ނުފެންނާނެއެވެ. ސަބަބަކީ ވޯލްޑް ކަޕްގެ ރައިޓްސް މި ޗެނަލްތަކަށް ހޯދިފައިނުވުމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ