
ޔޫތް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޒުވާން ޓީމް ނަގައިފި
ޔޫތް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޒުވާން ޓީމް ނަގައިފި
ލިޔުން:
4 ވަނަ އޭޝިއަން ޔޫތް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޒުވާން އެތްލެޓިކްސް ޓީމް ނަގައިފިއެވެ. މިމަހުގެ 13 އިން 16 އަށް ކުވޭތުގައި ކުރިއަށްދާ ޔޫތް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވާދަކުރާނީ ފަސް އެތްލީޓުންނެވެ.
ޒުވާން އެތްލެޓިކްސް ޓީމުގައި ހިމެނެނީ ހުސެއިން ޒީކް ސުއާދު، ޔޫސުފް އާއިޝް މުހައްމަދު، މުހައްމަދު މިންހާލް ޝާމިން، މަރިޔަމް ރޫޔާ އަލީ އަދި ރާއްޖޭގެ އެއްވަނަ ދިގުފުންމުން އެތްލީޓް އިބްރާހިމް ނާހިލް ނިޒާރުއެވެ.
ނާހިލް ވަނީ ރާއްޖޭގެ ގިނަ ދުވަސްވީ ދިގު ފުންމުމުގެ ރެކޯޑް ދެ ފަހަރެއްގެ މަތިން މުގުރާލާފައިއެވެ. ޒުވާން މުބާރާތުގައި ވާދަކުރާ ޓީމުގައި ހިމެނީ ގިނަ އެތްލީޓުންނަކީ ނިމިގެންދިޔަ ކޮމަންވެލްތް ގޭމްސް އާއި އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައިވެސް ވާދަކޮށް އިންޓަރނޭޝަނަލް ތަޖްރިބާ ހުރި އެތްލީޓުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފްޓްބޯޅަ ލެޖެންޑް ރޮބާޓޯސް ކާލޯސް އިސްލާން ވެއްޖެ ކަމަށް މީޑިއާތަކުން ބުނެފި

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
