ރެއާލް މެޑްރިޑް އެއްވަރުވެ އެލް ކްލޭސިކޯގެ މުހިއްމުކަން އިތުރުވެއްޖެ

ރެއާލް މެޑްރިޑް އެއްވަރުވެ އެލް ކްލޭސިކޯގެ މުހިއްމުކަން އިތުރުވެއްޖެ
ލިޔުން:
ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑް މިސީޒަންގައި ފުރަތަމަ ފަހަރަށް މެޗަކުން އެއްވަރުވިއިރު ޕޮއިންޓުގެ ގޮތުންވެސް ސްޕެއިންގެ ގަދަ ދެބާރު އެއްވަރު ވެއްޖެއެވެ.
ލަލީގާގައި ރެއާލް މެޑްރިޑާއި އޮސަސޫނާ ބައްދަލުކުރި މެޗު ނިމުނީ 1 - 1 ދެޓީމް އެއްވަރު ވެގެންނެވެ. މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީވެސް މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވަމުން އައި ރެއާލް މެޑްރިޑްއެވެ. މެޗުގެ ފުރަތަމަ ލަނޑު ރެއާލްއަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ޒުވާން ފޯވާޑް ވިނީޝަސްއެވެ. ފުރަތަމަ ހާފް ރެއާލް އެކެއް ސުމަކުން ކުރީގައި އޮވެގެން ނިންމާލިއިރު އޮސާސޫނާ މެޗުގެ ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފްގައެވެ. އެއްވަރު ކޮށްދިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކީކޭއެވެ.
މެޗު ނިމެން ދިހަ ވަރަކަށް މިނެޓަށް ވެފައިވަނިކޮށް ރެއާލްއަށް ވަނީ އެޓީމް ދަމަހައްޓަމުން އައި ސައްތައިން ސައްތަ ރެކޯޑް ގެއްލުނަނުދީ ދަމަހައްޓަން ރަނުގެ ފުރުސަތެއް ލިބިފައެވެ. އެއީ ލިބުނު ޕެނަލްޓީއަކުން ނެވެ. އެހެންނަމަަވެސް ޓީމުގެ ކެޕްޓަން ކަރީމް ބެންޒެމާ ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. މިއީ ގިނަ ދުވަސްތަކެއް އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށްފަހު ބެންޒެމާ ކުޅުނު ފުރަތަމަ މެޗެވެ.
ސްޕެނިޝް ލީގުގައި މިހާތަނަށް ކުޅުނު 7 މެޗުން ރެއާލް އަށް ލިބިފައިވަނީ 19 ޕޮއިންޓެވެ. ބާސެލޯނާވެސް ވަނީ 7 މެޗުން 19 ޕޮއިންޓް ހަމަ ކޮށްފައެވެ. މިހާތަނަށް މި ދެޓީމަށްވެސް ގެއްލިފައިވަނީ އެންމެ 2 ޕޮއިންޓެވެ.
ވާދަވެރި ދެޓީމްގެ ކުރިމަތިލުން އޮތީ މިމަހުގެ 16 ވަނަ ދުވަހުއެވެ. މިސީޒަންގެ ފުރަތަމަ އެލް ކްލޭސިކޯ އާއި ކައިރިވަމުންދާ ވަރަކަށް ދެޓީމުގެ ވާދަވެރިކަން ކުރިއެކޭ އެއްގޮތަށް މިދަނީ އިތުރުމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
