މާލެ: 31°C

ހާލަންޑާއި ފޯޑެންގެ ހެޓްރިކްތަކުން މެންޗެސްޓަރ ޔުނައިޓެޑް ލަދުގަންނަވާލައިފި

October 2, 2022
2 ފަހަރު ބަލާފައި
ހާލަންޑާއި ފޯޑެންގެ ހެޓްރިކްތަކުން މެންޗެސްޓަރ ޔުނައިޓެޑް ލަދުގަންނަވާލައިފި
ހާލަންޑާއި ފޯޑެންގެ ހެޓްރިކްތަކުން މެންޗެސްޓަރ ޔުނައިޓެޑް ލަދުގަންނަވާލައިފި
އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރގެ ދެ ކްލަބްގެ ކުރިމަތިލުން ސިޓީ އިން ކާމިޔާބުކުރީ 6 - 3ނެވެ. މިމެޗު ފަށައިގެން މުޅި މެޗު ކޮންޓްރޯލް ކުރަމުންދިޔަ ސިޓީއިން ފުރަތަމަ ހާފް ނިންމާލީ 4 ލަނޑު ޖަހައިގެންނެވެ. މެޗުގެ ފުރަތަމަ ލަނޑު 22 އަހަރުގެ އިނގިރޭސި މިޑްފިލްޑަރ ފިލް ފޯޑެން ކާމިޔާބުކޮށްދިން އިރު ޖެހިގެން އައި ދެ ލަނޑު ޖެހީ 22 އަހަރުގެ ނޯވޭ ފޯވާޑް އާލިންގ ހާލަންޑެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ފޯޑެންގެ ދެވަނަ ލަނޑާއެކު ސިޓީއަށް 4 ލަނޑުގެ ލީޑެއްދިންއިރު ދެވަނަ ހާފްގައި ހެޓްރިކް ފުރިހަމަކޮށް ސިޓީގެ ފަސް ވަނަ ލަނޑު ޖެހީ ހާލަނޑެވެ. ސިޓީގެ ހަ ވަނަ ލަނޑާއެކު ފޯޑެން ހެޓްރިކް ފުރިހަމަކުރީވެސް ހާލަންޑުގެ އެސިސްޓަކުންނެވެ. މިމެޗުގައި ހާލަންޑު ވަނީ ތިން ގޯލް ޖެހުމުގެ އިތުރުން 2 އެސިސްޓްވެސް ހަދާދީފައެވެ. ޔުނައިޓެޑްގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ އަޔަކްސްއިން މިސީޒަންގައި ގެނައި ބްރެޒިލް ފޯވާޑް އެންތޮނީ އާއި ދެވަނަ ހާފްގައި ކުޅެންނިކުތް މާޝިއަލްއެވެ. މާޝިއަލް ވަނީ ދެލަނޑު ޖަހާފައެވެ. މިމެޗުގައި ޖެހި ލަނޑުތަކާއެކު ހާލަންޑު ވެގެން ގޮސްފައިވަނީ ޕްރިމިއަރ ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ތިން މެޗުގައިވެސް ހެޓްރިކް ހެދި ހަމަ އެކަނި ކުޅުންތެރިއާގެ ފަހުރުވެސް ހޯދާފައެވެ. އަދި މިހާތަނަށް ކުޅުނު 8 މެޗުގައި ހާލަންޑް މިވަނީ ޖުމްލަ 14 ލަނޑު ޖަހާފައެވެ. ލަނޑު ޗާޓުގައި ހާލަންޑާ އެންމެ ގާތުން ވާދަކުރަމުންދާ ހެރީ ކޭންއަށް މިހާތަނަށް ޖެހިފައިވަނީ 7 ލަނޑެވެ. މިނަތީޖާ އެކު ސިޓީއިން ވަނީ ލީގުގެ އެއްވަނާގައި އޮތް އާސެނަލް އާއި ޕޮއިންޓަކަށް ކައިރިއަށް ޖެހިލާފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ