މާލެ: 31°C

ހިމްނާ އާއި އިބާދުﷲ އިތުރު ތަމްރީންތައް ފުރިހަމަކުރުމަށް ޖެމެއިކާއަށް

October 2, 2022
2 ފަހަރު ބަލާފައި
ހިމްނާ އާއި އިބާދުﷲ އިތުރު ތަމްރީންތައް ފުރިހަމަކުރުމަށް ޖެމެއިކާއަށް
ހިމްނާ އާއި އިބާދުﷲ އިތުރު ތަމްރީންތައް ފުރިހަމަކުރުމަށް ޖެމެއިކާއަށް
ރާއްޖޭގެ އެންމެ އުއްމީދީ 2 ދުވުންތެރިން، އައިޝަތު ހިމްނާ ހަސަން އަދި އިބާދުﷲ އާދަމް ދެ އަހަރު ދުވަހުގެ ތަމްރީން ސްކޮލާޝިޕްއެއްގައި ދުނިޔޭގެ އެންމެ ވަރުގަދަ ދުވުންތެރިން އުފެދުނު ޖެމޭކާއަށް ފުރައިފިއެވެ. ޖެމޭކާ އަކީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިއާ ހަސަން ސާއިދުވެސް ޓްރެއިންގ ހެދިތަނެވެ. އަދި ދުނިޔޭގައި އުފެދުނު އެންމެ ބާރު ދުވުންތެރިއާ އުސެއިން ބޯލްޓްގެ އުފަން ތަނުގެ އިތުރުން އުސެއިން ބޯލްޓް އެންމެ ޕީކްގައިވެސް ޓްރެއިންގ ހެދި ތަނެވެ. [caption id="attachment_72521" align="aligncenter" width="1280"] އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި ހިމްނާ ދުވަނީ - ފޮޓޯ: އޮލިމްޕިކް ކޮމިޓީ - އިސްމާއިލް ތޯރިގް[/caption] ރާއްޖެއިން މިފަހަރު ޖެމޭކަށް ފުރި ދެ އެތްލީޓުންގެ ތެރެއިން ހިމްނާ އަކީ މިހާރު ރާއްޖޭގައި ހުރި އެންމެ ބާރު އަންހެން ދުވުންތެރިއާއެވެ. ހިމްނާ ވަނީ 100 މީޓަރު، 200މީޓަރު އަދި 400 މީޓަރު ދުވުމުގެވެސް ޤައުމީ ރެކޯޑް މީގެ ކުޑަދުވަސްކޮޅެއް ކުރިން އާކޮށްފައެވެ. މީގެއިތުރުން 100 ގުނަ 4 މީޓަރު ރިލޭގެވެސް ޤައުމީ ރެކޯޑް އޮތް ޓީމުގައި ހިމްނާ ހިމެނެއެވެ. [caption id="attachment_72522" align="aligncenter" width="1280"] އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި އިބާދުﷲ ރޭސް ނިންމާލުމަށްފަހު - ފޮޓޯ: އޮލިމްޕިކް ކޮމިޓީ - އިސްމާއިލް ތޯރިގް[/caption] އިބާދުﷲ އަކީ މިހާރު ރާއްޖޭގައި ހުރި އެންމެ ބާރު ދުވުންތެރިއާ ހަސަން ސާއިދުގެ ފަހަތުގައި ވިއްދާފައިހުރި ދުވުންތެރިއެކެވެ. ސާއިދު އާއި އެންމެ ގާތުން ހުރިހާ މުބާރާތެއްގައިވެސް ވާދަކުރަމުންދާ ދުވުންތެރިއެކެވެ. ރާއްޖޭގައި ބޭއްވޭ އެތްލެޓިކްސް މުބާރާތްތަކުގައި ސާއިދުގެ ފަހަތުން ހުރިހާ ރޭހެއްގެވެސް ދެވަނަ ހޯދަމުން އަންނަނީ އިބާދުﷲއެވެ. ހިމްނާ އާއި އިބާދުﷲ ޖެމޭކާއަށް ދިޔައީ 2024 ވަނަ އަހަރު ފްރާންސްގައި އޮންނަ އޮލިމްޕްސްގައި ވާދަކުރުމުގެ އުއްމީދުގައި އެމުބާރާތައް ތައްޔާރުވުމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ