މާލެ: 31°C

ބްރައިޓަން އަތުންވެސް މޮޅު ނުވެވުނުއިރު ކްލޮޕް ބުނީ މިހާރު ފެންނަނީ އެންމެ ފުރަތަމަ ޓީމާ ހަވާލުވިއުރު ލިވަޕޫލްގެ ކުޅުން ކަމަށް

October 1, 2022
2 ފަހަރު ބަލާފައި
ބްރައިޓަން އަތުންވެސް މޮޅު ނުވެވުނުއިރު ކްލޮޕް ބުނީ މިހާރު ފެންނަނީ އެންމެ ފުރަތަމަ ޓީމާ ހަވާލުވިއުރު ލިވަޕޫލްގެ ކުޅުން ކަމަށް
ބްރައިޓަން އަތުންވެސް މޮޅު ނުވެވުނުއިރު ކްލޮޕް ބުނީ މިހާރު ފެންނަނީ އެންމެ ފުރަތަމަ ޓީމާ ހަވާލުވިއުރު ލިވަޕޫލްގެ ކުޅުން ކަމަށް
އިނގިރޭސި ޕްރިމިއަރ ލީގުގައި ލިވަޕޫލް ކުޅުނު 7 ވަނަ މެޗުން އެއްވަރު ވި އިރު މިހާތަނަށް އެޓީމަށް މޮޅުވެވިފައިވަނީ އެންމެ 2 މެޗުންނެވެ. ބްރައިޓަން އެންޑް ހަވް އަލްބިއޮން އާއި ބައްދަލުކުރި މިމެޗު ނިމުނީ 3 - 3 ދެޓީމް އެއްވަރު ވެގެންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ބްރައިޓަން މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް ތަނަވަސްކުރިއިރު އެޓީމް ވަނީ ލިވަޕޫލްގެ މައްޗަށް ދެ ލަނޑުގެ ލީޑެއްނަގާފައެވެ. ބްރައިޓަންއިން މިމެޗުގައި ޖެހި ތިން ލަނޑުވެސް ޖަހާދިނީ ފޯވާޑް ޓްރޮސާޑްއެވެ. ފުރަތަމަ ދެ ލަނޑު ފުރަތަމަ ހާފްގައި ޖެހިއިރު ޓްރޮސާޑް ހެޓްރިކް ހަމަކުރި ލަނޑަކީ ލިވަޕޫލްއިން ފަހަތުން އަރާ ތިން ލަނޑު ޖަހާފައިވަނިކޮށް ބްރައިޓަންއަށް މެޗުގައި ނަތީޖާ ހަމަހަމަކޮށްދީ ޕޮއިންޓެއް ހޯދައިދިން ލަނޑެވެ. ލިވަޕޫލް ޖެހި ތިން ލަނޑުގެ ތެރެއިން 2 ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ތަޖްރިބާކާރު ފޯވާޑް ރޮބާޓޯ ފިރްމީނޯއެވެ. ލިވަޕޫލްގެ ތިންވަނަ ލަނޑަކީ ބްރައިޓަންގެ އެބްސްޓަރ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މިނަތީޖާ އާއެކު ލިވަޕޫލްއިން ވަނީ އެޓީމް ހޯމްގެ މެޗަކުން ބަލިނުވެ 19 މަސް ވަންދެން ހިފަހައްޓަމުންދާ ރެކޯޑް ދަމަހައްޓާފައެވެ. މެޗަށްފަހު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ އޭނާގެ ޓީމުން މިމެޗުގައި ފެނުނީ ވަރަށް ދަށްކުޅުމެއް ކަމަށާއި ރަނގަޅަށް ޑެފެސްނުކުރާތާ އެޓޭކްގައިވެސް ރަނގަޅަށް މަސައްކަތް ނުކުރެވުނުކަމަށެވެ. އަދި މިހާރު ލިވަޕޫލްގެ ކުޅުމުން ހަނދާންވަނީ އެންމެ ފުރަތަމަ ލިވަޕޫލް ޓީމާ ހަވާލުވިއިރު ފެނިގެންދިޔަ ކުޅުން ކަމަށާއި މިއީ ސަޕޯޓަރުން ބޭނުންވާނެ ގޮތް ނޫންކަމަށްވެސް ކްލޮޕް ބުނެޏެވެ. މީގެއިރުރުން ކްލޮޕް ބުނީ މިހާރު ކުރެވޭނެ ކަމަކީ ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް މި އަޑިގަނޑުން އަރައިގަނެ ލިވަޕޫލްގެ އަސްލު ކުޅުން އަލުން ގެނެވޭތޯ ހުރިހާ އެންމެ އެއްކޮ މަސައްކަތްކުރުން ކަމަށެވެ. ލިވަޕޫލް މިވަގުތު އޮތީ ލީގު ތާވަލްގެ 9 ވަނާގައެވެ. އެއީ 7 މެޗުން 10 ޕޮއިންޓާއެކުއެވެ. ލިވަޕޫލްއަށް ކުރިއަށް ލީގުގައި ދެން އޮތީ މިއަންނަ ހަފްތާގައި ލީގު ތާވަލްގެ އެއްވަނާގައި އޮތް އާސެނަލް އާއި ބައްދަލުކުރާ މެޗެވެ. އާސެނަލް މިވަގުތު އޮތީ ލިވަޕޫލްއަށްވުރެ 11 ޕޮއިންޓް ކުރީގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ