މާލެ: 31°C

އަދި ހާސްވާކަށް ނުވޭ - ޑިޝޯމް

September 26, 2022
89 ފަހަރު ބަލާފައި
އަދި ހާސްވާކަށް ނުވޭ - ޑިޝޯމް
އަދި ހާސްވާކަށް ނުވޭ - ޑިޝޯމް
އެންމެ ފަހުން ކުޅުނު 6 މެޗުން 1 މޮޅު ލިބުނު ނަމަވެސް އަދި ހާސް ވާކަށް ނުވޭކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމް ބުނެފިއެވެ. ޔުއެފްއާ ނޭޝަންސް ލީގުގައި ޑެންމާކް އަތުން 2 - 0 ބަލިވިމެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޑިޝޯމް ބުނީ މިއީ ހާސްވާން ޖެހޭވަރުގެ ނަތީޖާއެއް ނޫންކަމަށެވެ. ދުނިޔޭގެ ޗެމްޕިއަން ޓީމް ފްރާންސްގެ ކޯޗު ބުނީ އޭނާ މިމެޗަށް ނެރުނީ ވަރަށް ޒުވާން އަދި ތަޖްރިބާ މަދު ޓީމެއް ކަމަށާއި މި ލެވަލްގައި ކުޅެން އަދި އަލީކަމަށެވެ. "މިއީ އަދި ހާސް ވާންވީ ވަގުތެއް ނޫން ކަމަށާއި ތަޖްރިބާހުރި ކުޅުންތެރިން ޓީމާ ގުޅުމުން ރަނގަޅުވާނެ، އަހަރުމެން އެކަންޔެއް ނޫން މިހާ ދައް ނަތީޖާތަކެއް މި ނެރެނީ، ދުނިޔޭގެ ވަރުގަދަ ޤައުމުތަކުންވެސް މިމެޗު ތަކުގައި މާމޮޅު ކުޅުމެއް ނުދައްކާ، އަހަރުމެން މީ މާ މޮޅުބައެއް ކަމަށް ބަލައިގެން ނުވާނެ، ކުރިއެރުން ލިބޭނީ ވަރަށް މަސައްކަތް ކޮށްގެން. މިމެޗުގައިވެސް (ޑެންމާކް) މެޗުގައިވެސް ރަނގަޅު ފުރުސަތު ތަނަވަސްކުރި އެކަމަކު އޭގެ ބޭނުން ނުހިފުނީ." ފްރާންސްގެ ކޯޗު ބުންޏެވެ. ޑެންމާކް މެޗަށް ނެރުން ފުރަތަމަ އެގާރައިގައި ފްރާންސްއަށް އެންމެ ފަހުން ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ނުހިމެނެއެވެ. މިގޮތުން އަނިޔާގެ ސަބަބުން މެޗުގައި ބައިވެރި ނުވެވުނު ކުޅުންތެރިންގެ ތެރޭގައި، ޕޮގްބާ، ކަންޓޭ އަދި ކެޕްޓަން ހޫގޯ ޔޮރިސް ހިމެނުނު އިރު ބެންޗުން މެޗު ފެށި ކުޅުންތެރިންގެ ތެރޭގައި ޑިފެންޑަރު ރަފައެލް ވަރާން އާއި އުސްމާނޭ ޑެމްބޭލޭ ހިމެނެއެވެ. މިއީ ކުރިއަށް އޮތް ވޯލްޑް ކަޕްގެ ކުރިން ފްރާންސް ކުޅުނު ފަހު މެޗެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ