ސާބާގެ ވިމަންސް ޗެމްޕިއަންޝިޕްގައި ވާދަކުރާ އަންހެން ޤައުމީ ބާސްކެޓްބޯޅަ ޓީމާއި މެޑަމް ފަޒްނާ ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފި

ސާބާގެ ވިމަންސް ޗެމްޕިއަންޝިޕްގައި ވާދަކުރާ އަންހެން ޤައުމީ ބާސްކެޓްބޯޅަ ޓީމާއި މެޑަމް ފަޒްނާ ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފި
ލިޔުން:
"ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ)ގެ ވިމަންސް ޗެމްޕިއަންޝިޕް 2022" ގައި ވާދަކުރާ އަންހެން ޤައުމީ ބާސްކެޓްބޯޅަ ޓީމާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައްދަލުކުރައްވައި ޓީމަށް ހިތްވަރު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ޤައުމީ އަންހެން ބާސްކެޓް ބޯޅަ ޓީމާ ބައްދަލުކުރެއްވީ މިރޭ ސޯސަލްސެންޓަރުގައެވެ.
މި ޓީމާ ބައްދަލުކުރައްވައި އެކަމަނާ ވަނީ ކުޅިވަރުގެ މައިދާނުގައި އެކަމަނާގެ އަމިއްލަފުޅު ތަޖުރިބާއިން ބައެއް ވާހަކަފުޅުތައް ޙިއްޞާކުރައްވައި ޓީމުގެ މެންބަރުން މުބާރާތުގައި ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް ގަދަ އަޅައި މަސައްކަތްކުރުމަށް ހިތްވަރުދެއްވައި މުބާރާތުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާފައެވެ. އަދި މި މުބާރާތަކީ ޓީމަށް ލިބިގެންދާނެ ރަނގަޅު ތަޖުރިބާއަކަށް ވާނެކަމަށް އުންމީދުކުރައްވާކަމުގައި ވެސް އެކަމަނާ ވިދާޅުވިއެވެ. މީގެ އިތުރުން އެކަމަނާ ވަނީ ޓީމުގެ ފަރިތަކުރުންތައް ސޯސަލްސެންޓަރުގައި ކުރިޔަށްދިޔަގޮތް ބައްލަވާލައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ޓީމުގެ ފަރާތުން ވަނީ އެޓީމުން މި މުބާރާތުގައި ބޭނުންކުރާ ޖާޒީއެއް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ވެދުމަށް އަރުވާފައެވެ.
ސާބާގެ އަންހެން ބާސްކެޓް ބޯޅަ މުބާރާތް 2022 ކުރިޔަށްދާނީ ސެޕްޓެންބަރު 25–30 އަށް ސޯސަލްސެންޓަރުގައެވެ. މިއީ ބައިނަލްއަޤްވާމީ އަންހެން ބާސްކެޓް ބޯޅަ މުބާރާތް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
