މާލެ: 31°C

ދިވެހި ޓީމްގެ އަމާޒު ރަން ވަނައަކާއި ދިމާލަށް

September 21, 2022
76 ފަހަރު ބަލާފައި
ދިވެހި ޓީމްގެ އަމާޒު ރަން ވަނައަކާއި ދިމާލަށް
ދިވެހި ޓީމްގެ އަމާޒު ރަން ވަނައަކާއި ދިމާލަށް
މިމަހުގެ 24 ވަނަ ދުވަހު ސޯޝަލް ސެންޓަރު އިންޑޯ ހޯލްގައި ފެށުމަށް ހަމަޖެހިފައިވާ ސައުތް އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ޗެމްޕިއަންޝިޕަށް ތައްޔާރުވަމުންދާ ދިވެހިރާއްޖޭގެ ޤައުމީ އަންހެން ޓީމުގެ އަމާޒަކީ ކުރިން ނުލިބޭ ކުލައެއްގެ މެޑަލްއެއް ހޯދުން ކަމަށް ޓީމުގެ އެންމެ ސީނިއަރ ކުޅުންތެރިއާ ޝިއުރާ (ޝިއުޓޯ) ބުނެފިއެވެ. ޝިއުރާ ބުނީ މިފަހަރު ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި ޓީމުގެ އަމާޒަކީ ރާއްޖެއަށް ބާސްކެޓްބޯޅައިގެ ފުރަތަމަ ރަން މެޑަލް ހޯދައިދުނުން ކަމަށެވެ. [caption id="attachment_72199" align="aligncenter" width="2560"] ނައިބް ރައީސް ޤައުމީ ޓީޟާއި ބައްދަލުކުރައްވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް[/caption] ޝިއުރާ މިހެން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، "ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން ވިމަންސް ޗެމްޕިއަންޝިޕް" ގައި ވާދަކުރާ އަންހެން ޤައުމީ ބާސްކެޓްބޯޅަ ޓީމާއި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޓީމާ ބައްދަލުކުރައްވާ ޓީމަށް ހިތްވަރު ދެއްވާފައެވެ. ކުޅުންތެރިންނާ މުޚާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވަނީ ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި ދިވެހި ކުޅުންތެރިންގެ ފެންވަރު ރަނގަޅު ކުރުމަށް އަމާޒުކޮށްގެން ތަމްރީނުގެ އިތުރު ފުރުޞަތުތައް ކުޅުންތެރިންނަށް ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ. [caption id="attachment_72200" align="aligncenter" width="2560"] ނައިބް ރައީސް ޤައުމީ ޓީޟާއި ބައްދަލުކުރައްވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް[/caption] މި ބައްދަލުކުރެއްވުމުގައި މި މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ބާސްކެޓްބޯޅަ ޓީމުގެ ޖާޒީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޓީމާއި ޙަވާލުކޮށްދެއްވައިފައެވެ. ސާބާ ވޮމެންސް ޗެމްޕިއަންޝިޕް ކުރިއަށްދާނީ މިމަހުގެ 24 - 29. ދިވެހިރާއްޖޭގެ އިތުރުން މިމުބާރާތުގައި ވާދަކުރާނީ ސްރީލަންކާ، ނޭޕާލް އަދި ބޫޓާނެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ