މާލެ: 31°C

ސެލީނާ ގޯމޭޒް އަދި ސްކުއިޑް ގޭމްގެ ތަރިން އެމީ އެވޯޑްސްގެ ޕްރެޒެންޓަރުނަށް

September 13, 2022
84 ފަހަރު ބަލާފައި
ސެލީނާ ގޯމޭޒް އަދި ސްކުއިޑް ގޭމްގެ ތަރިން އެމީ އެވޯޑްސްގެ ޕްރެޒެންޓަރުނަށް
ސެލީނާ ގޯމޭޒް އަދި ސްކުއިޑް ގޭމްގެ ތަރިން އެމީ އެވޯޑްސްގެ ޕްރެޒެންޓަރުނަށް
ޓެލެވިޜަން އެކަޑަމީ އާއި އެންބީސީން ބުދަ ދުވަހު ވަނީ 74 ވަނަ ޕްރައިމްޓައިމް އެމީ އެވޯޑްސް 2022 އަށް ޕްރެޒެންޓަރުންގެ ފުރަތަމަ ގްރޫޕް އިއުލާންކޮށްފަ އެވެ. ދަ ހޮލީވުޑް ރިޕޯޓަރ އިން ބުނާ ގޮތުގައި ކެނަން ތޮމްޕްސަން ހޯސްޓްކުރާ 74 ވަނަ އަހަރީ އެމީ އެވޯޑްސް ލޮސް އެންޖެލިސްގެ މައިކްރޮސޮފްޓް ތިއޭޓަރުން ލައިވް ކުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 12 ވާ ހޯމަ ދުވަހުގެ ރޭ 8 ޖަހާއިރު އެވެ. ޕްރެޒެންޓަރުގެ ލައިނަޕްގައި ސެލީނާ ގޯމޭޒް، ސްކިޑް ގޭމްގެ ތަރިން ކަމަށްވާ ޖަންގް ހޯ ޔެއޮން އަދި ލީ ޖަންގް ޖޭ، ޖީން ސްމާޓް އަދި ހަނާ އައިންބިންޑޭ، ޖިމީ ކިމްލް އަދި ސެތު މޭޔަރސް ހިމެނެ އެވެ. ޕްރެޒެންޓް ކުރަން ހަމަޖެހިފައިވާ އެހެން ތަރިންގެ ތެރޭގައި ކެރީ ވޮޝިންޓަން، އެމީ ޕޮއެލާ، އެރިއާނާ ޑިބޯސް، އެންޖެލާ ބެސެޓް، ވިލް އާނެޓް، ވެނެސާ ބަޔަރ، ކެލީ ކްލާކްސަން، ޓޭ ޑިގްސް، ޑިއޭގޯ ލޫނާ، މޮލީ ޝެނަން، ނަތާލީ ޒީއާ، މާރިސްކާ ހާގިޓޭ އަދި ކްރިސް މެލޯނީ ހިމެނެ އެވެ. ޖަންގް ހޯ ޔެއޮން އާއި ލީ ޖަންގް ޖޭ ވެސް ނޮމިނޭޓް ކޮށްފައިވަނީ ޑްރާމާ ސީރީޒެއްގެ ސަޕޯޓިން އެކްޓްރެސް އާއި ލީޑް އެކްޓަރުގެ ގޮތުގަ އެވެ. ހެކްސްގެ ތަރިން ކަމަށްވާ ޖީން ސްމާޓް އާއި ހަނާ އައިންބިންޑާ ކޮމެޑީ ސީރީޒެއްގެ އެންމެ މޮޅު ބަތަލާ އަދި ސަޕޯޓިން ބަތަލާގެ މަގާމަށް ނޮމިނޭޓްކޮށްފަިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ